twitterviber whatsapp telegramfacebookyoutube instagram
11th April 2026

ރޯދައަށް ގެނައި ފިޔާ، އަލުވި އަދި ބިސް ކުޅުދުއްފުށީ އެސްޓީއޯ ފިހާރައިން ވިއްކަން ފަށައިފި

Jun 10, 2015

މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން އެތެރެކުރި އަލުވާއި ބިހާ ފިޔާ މިއަދު ކުޅުދުއްފުށީގައި ހުންނަ އެސްޓީއޯގެ ނޮދަން ޑިސްޓިބިއުޝަން ސެންޓަރުން ވިއްކަން ފަށައިފި އެވެ

“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެމުން އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ ރޯދަމަހަށް ހާއްސަކޮށް ގެނައި ފިޔާ އަލުވި އަދި ބިސް އެސްޓީއޯގެ ކުޅުދުއްފުށީ ފިހާރައިން ވިއްކަން ފަށާފައިވާ ކަމަށެވެ.

ފިޔާ އަދި އަލުވި ބަސްތާއެއްގެ އަގު 250 ރުފިޔާއަށް ހުރިއިރު ބިސްކޭހެއްގެ އަގު އުޅެނީ 270 ރުފިޔާއަށެވެ.

ފިޔާ އާއި ބިހާއި އަލުވީގެ އިތުރުން ބޭނުންވާ އެހެނިހެން ކާބޯތަކެތި ރޯދަމަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހު ގިނަ ބާޒާރުގައި ބައެއް ބާވަތްތަކުގެ އަގު ބޮޑުވެ އެވެ. އެއާއެކު ތަކެތީގެ އަގު އެއްވަރެއްގައި ހިފަހައްޓަން އެސްޓީއޯއިން އާންމު ކާބޯތަކެތީގެ ބައެއް ބާވަތްތައް ރާއްޖެ ގެނެސް އަގު ވަކި ވަރެއްގައި ހިފަހަޓަން މަސައްކަތް ކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355