twitterviber whatsapp telegramfacebookyoutube instagram
14th February 2026

ޤައުމީ ޤުރުއާން މުބާރާތުގެ އަތޮޅުތަކުގެ ބައިން ނުބަލާކިޔެވުމުގެ ގޮފިން 2 ވަނަ ވައިކަރަދޫ ދެ ދަރިވަރަކު ހޯދައިފި

Jun 14, 2015

30 ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގެ އަތޮޅުތަކުގެ ބައިން ނުބަލާކިޔެވުމުގެ ގޮފިން 2 ވަނަ ވައިކަރަދޫގެ 2 ދަރިވަރަކު ހޯދައިފި އެވެ.

ނުބަލައި ކިޔެވުމުގެ ގޮފިން އަތޮޅުތަކުގެ ބައިން 2 ވަނައަށް ލިބުނީ 7 އަހަރުން ދަށުގެ ގޮފިން އާޔަތުއްﷲ އަބްދުލްކަރީމާއި 9 އަހަރުން ދަށުގެ ގޮފިން ފައިހާ އަބްދުﷲ އަގީލެވެ. މި ދެ ދަރިވަރުންނަކީވެސް ހދ އަތޮޅު މަދަރުސާގައި ކިޔަވަމުން އަންނަ 2 ދަރިވަރުންނެވެ.

މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދީ ދާރުލް ޤުރުއާން ކްލާސް -3 އެވެ. އަދި ނުބަލައި ކިޔެވުމުގެ ބައިން އެއްވަނަ ހޯދީ ރ. އަތޮޅެވެ. މިފަހަރުގެ މުބާރާތުގައި އިންސާފުކޮށްފައި ވަނީ ސްކޫލްތަކާއި ޤްރުއާން ކްލާސްތައް އެއްކޮށް، އެއީ މުވައްސަސާތަކުގެ ބައި ކަމުގައި ބަލައިގެންނެވެ.

މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދީ މުޙްޔިއްދީން ސްކޫލުގެ ޒޫޝާން ޖަވާދުއެވެ. އަދި ނުބަލައި ކިޔެވުމުގެ ބައިން އެއްވަނަ ހޯދީ އާހިލް މުޙައްމަދު ޒާހިރެވެ.

ޤައުމީ ޤުރުއާން މުބާރާތުގައި މިފަހަރު އަލަށް ތައާރަފް ކުރި ބައިކަމުގައިވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބައިން އެއްވަނަ ހޯދީ އިމާދުއްދީން ސްކޫލުގެ ވަސްމީ ވަހީދެވެ. އެބައިގައި ބައިވެރިވީ 20 ކުދިންނެވެ

އެއް ވަނައަށް ދިޔަ ދަރިވަރުންނަށް އިނާމު ބައްސަވައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އާދަމް މުހައްމަދު އަބްދުﷲ އެވެ.

މިދިޔަ މަހުގެ 28 އިން މި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 798 ދަރިވަރުން ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355