twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޤުރުއާން ދޫކޮށްލާފަ އަމަލުކުރަންޖެހޭ ޤާނޫނު އަސާސީއެއް ނޯންނާނެ: ޝެއިހް އަބުދުލް ޤާދިރު

Jun 16, 2015

ޤާނޫނު އަސާސީއަކީ ކީރިތި ޤުރުއާން ކަމަށާއި ޤުރުއާން ދޫކޮށްލާފަ ގެންނާނެ ޤާނޫނު އަސާސީއެއް އަދި އަމަލު ކުރަންޖެހޭ އެއްޗެއް ވެސް ނޯންނާނެ ކަމަށް ޝެއިހް އަބުދުލް ޤާދިރު މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި ހުންނަ އިހްލާސް ޤުރުއާން ކުލާހުގެ ފުރަތަމަ ޓާމްގެ ނަތީޖާފާޅުކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝައިހް އަބުދުލް ޤާދިރު ވިދާޅުވީ ކީރިތި ޤުރުއާން ބާއްވާލެއްވީ އެންމެހާ މީސްތަކުންނަށް ޖަހާލަތުގެ އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ގެންދިއުމަށްޓަކާ ކަމަށެވެ.

“ޤުރުއާން ދޫކޮށްލައިފިނަމަ އަޅުގަނޑުމެން ގެއްލި ހަލާކުވެގެންދާނެ. އެއީ އަޅުގަނޑުމެން އުޅެންވީ ހަޤީޤީ ޤާނޫނު އަސާސީ. ހަޤީޤީ ޤާނޫނު އަސާސީއަކީ ކީރިތި ޤުރުއާން. ކީރިތި ޤުރުއާން ދޫކޮށްލާފަ ދެން ގެންނާނެ ޤާނޫނު އަސާސީއެއް ނޯނާނެ. ދެން އަމަލުކުރަންޖެހޭ އެއްޗެއް ވެސް ނޯނާނެ” ޤައުމީ ޔުނިވަރސިޓީގެ އެސޯސިއޭޓް ލެކްޗަރގެ މަގާމުވެސް ފުރުވަމުން ގެންދަވާ ޝެއިހް ޤާދިރު ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިހްލާސް ޤުރުއާން ކުލާހުގެ ހެޑްމާސްޓަރ މޫސާ މާހިރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެކުލާހުގެ ފަރާތުން ޤުރުއާނާ ބެހޭ ތަފާތު ކޯސްތައް ހިނގާނެ ކަމަށެވެ. އަދި އެކަމަށްޓަކާ މިހާރުވެސް މަސައްކަތްކުރަމުންދާ ކަމަށް މާހިރު ވިދާޅުވި އެވެ.

އިހްލާސް ޤުރުއާން ކުލާހުގައި މިހާރުވެސް 200 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާއިރު މިކުލާހުގައި ބޮޑެތި މީހުންނަށް ވެސް ކުލާސްތައް ނަގައިދެ އެވެ. އަދި މިހާރު އަރަބި ދަސްކޮށްދޭ ކުލާސްތަކެއް ވެސް މިޤުރުއާން ކުލާހުގައި ކުރިއަށްދެ އެވެ.

މިއަހަރުގެ ފުރަތަމަ ޓާމްގައި އެކުލާހުގެ 50 އަށްވުރެ ގިނަ ދަރިވަރުންވަނީ އޭ ރިޕޯޓް ހޯދާފަ އެވެ.

[yass cats=176]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355