twitterviber whatsapp telegramfacebookyoutube instagram
12th July 2025

ހަނދު ސާބިތުވަންދެން މިއަދު ހަވީރުން ފެށިގެން ކޯޓުތަކާއި ކައުންސިލުތައް ހުޅުވާފައި ބަހައްޓަނީ

Jun 16, 2015

މިއަހަރުގެ ރޯދަމަހުގެ ހަނދު ސާބިތުވަންދެން މިއަދު ހަވީރު 5:30 އިން ފެށިގެން ކަމާބެހޭ އިދާރާތައް ހުޅުވާފައި ބެހެއްޓުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ނިންމައިފި އެވެ.

ޑީޖޭއޭ ބުނެފައިވަނީ މިރޭ ހަނދު ސާބިތު ކުރުމުގެ ކަންކަން ކުރިއަށްގެންދާއިރު ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މިއަދު ހަވީރު 5:30 ން ފެށިގެން ޑީޖޭއޭ އާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި ރަށު ކައުންސިލްގެ އިދާރާތަކާއި އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

ޑީޖޭއޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަނދު ފެނިގެން އެކަމުގެ މައުލޫމާތުދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި މިސްރާބާއި އަދި މިނޫން ވެސް މިފަދަ މުހިންމު މައުލޫމާތު ދޭންވާނެ ކަމަށާއި އަދި މިއަހަރު ވެސް ހަނދު ސާބިތު ކުރުމަށްޓަކާ ހަނދު ފެނުން މީހަކު ހެކިބަސް ދިނުމަށް ހަމަޖެހިފައި ވަނީ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައިކަމަށާއި މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ އެ ވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގުމާ ހަވާލުވެހުންނެވި އިސްވެރިއެއްގެ ކުރިމަތީގައި ކަމަށެވެ.

ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355