ގްރޭޑް ދިހައެއްގައި ކިޔަވާ ކުދިންނަށް ފަންނީ މަސައްކަތް ދަސްކޮށް ދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ “ދަސްވާރު” ޕްރޮގްރާމް ހދ ނޮޅިވަރަންފަރު ސްކޫލްގައި ފަށައިފި އެވެ.
“ކުޅުދުއްފުށީ އޮންލައިނަށް” މައުލޫމާތު ދެމުން ނޮޅިވަރަންފަރު ސްކޫލްގެ ޕްރިންސިޕަލް އަލީ އަހުމަދު ވިދާޅުވީ އެ ސްކޫލްގައި ދަސްވާރު ޕްރޮގްރާމް ފަށާފައިަވނީ މިހަފްތާކަމަށާއި ޖުމްލަ 7 ދަރިވަރަކު މި ޕްރޮގްރާމްގައި ވައިވެރިވެފައިވާ ކަމަށެވެ.
މި ޕްރޮގްރާމްގައި އޮފީސް އެޑްމިނިސްޓްރޭޝަން، ރީޓެއިލް ސާރވިސް އަދި އިލެކްޓްރީޝަން ގެ ދާއިރާގެ ތެރެއިން ދަރިވަރުން ބޭނުން ދާއިރާއަކުން މަސައްކަތް ދަސްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.އަދި ފެނަކަ ކޯޕަރޭޝަން އާއި ހެލްތް ސެންޓަރ އަދި ކައުންސލު އިދާރާ މި ޕްރޮގްރާމްގައި ދަރިވަރުންނަށް އެހިތެރިވެދޭނެ ކަމަށް އަލީ އަހުމަދު ވިދާޅުވި އެވެ.
ނޮޅިވަރަންފަރު ސުކޫލްގެ އިތުރުން ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގައިވެސް ދަސްވާރު ޕްރޮގްރާމް ކުރިއަށް ގެންދެ އެވެ