ރަމަޞާން މަހުގެ ފުރަތަމަ ކުޅުދުއްފުށި ހޮނިހިރު ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފަވީ ނަަމަވެސް ގިނަ ބާވަތްތަކެއް ވިކި ހުސްވެއްޖެ އެވެ.
އާންމުކޮށް 200.ރ އާއި 250.ރ ދެމެދު އަގުތަކެއްގައި ހުންނަ މިރުސް މިހާރު ބާޒާރުމަތީގައި ލިބެން ހުރީ 350.ރ އާއި 350.ރ ދެމެދުގެ އަގުތަކަަކަށެވެ. އަދި ގިތެޔޮ މިރުހެއް ވަކިން 5.ރ ލިބެން ހުރި އިރު ތޮޅި މިރުސް ލިބެން ހުރީ ރުފިޔާއަކަށް 2 މިރުހެއްގެ ރޭޓުންނެވެ.
މިއަދުގެ ހޮނިހިރު ބާޒާރުގެ ތެރެއިން–ފޮޓޯ: ވާހިދު
އިތުރު ދިވެހި އުފެއްދުންތަކަށް ބަލާއިރު ކިއުކަންބާ އަދި ބަރަބޯ ކިލޯއެއް ހުރީ 30.ރ އަދި 35.ރ އަށެވެ. ނަމަވެސް ބާޓާާނާ ބަރަބޯ ކިލޯއެއް އުޅެނީ 30.ރ އަށެވެ.
ބަނބުކޭލުގެ އަގުތަކަށް ބަލާލާއިރު ބަނބުކޭލެއްގެ އަގު ހުރީ 30.ރ އާއި 20.ރ ގެ ދެމެގުގައެވެ. އަދި ފަޅޮލެއްގެ އަގު އުޅެނީ 20.ރ އާއި 15.ރ އަށެވެ.
މޭވާތަކަށް ބަލާލާއިރު ބާޒާރުމަތީގައި ދޮންކެޔޮ ފެންނަން ހުރީ މަދުންނެވެ. އެގޮތުން ކެޔޮ ވަކެއްގެ އަގު އުޅެނީ 1.50.ރ އަށެވެ. އަދި އަނބު ކިލޯއެއް 80.ރ އަށް ހުރި އިރު ޖަނބުރޯލް ކިލޯއެއް ހުރީ 50.ރ އަށެވެ.
މިއަދުގެ ހޮނިހިރު ބާޒާރުގެ ތެރެއިން–ފޮޓޯ: ވާހިދު
ހޮނިހިރު ބާޒާރުގައި ތަކެތި ބޮޑު އަގުގައި ލިބެންހުރި ނަމަވެސް މިއަދު 11:00 ކުރިން ވަނީ ގިނަ ބާވަތްތަކެއްގެ ތަކެތި ވިކި ހުސްވެފަ އެވެ.