ބޭނުންވާ ތަކެތި:
4 ދޮންކެޔޮ
1/3 ބޭކިން ޕައުޑަރ
½1 ޖޯޑު ފުށް
2/3 ޖޯޑު ހަކުރު
3 ބިސް
ކުޑަ ފޮނިތޮށި ކޮޅެއް
2 ސައި ސަމްސާ ލުނބޯ ހުތް
75ގ ބަޓަރ
ހަދާނެ ގޮތް
ފުރަތަމަ 2 ދޮންކެޔޮ އުލެއް ބޭނުންކޮށްގެން ޗަސްކޮށްލުމަށް ފަހު 1 ސަމްސާ ހަކުރާއި ލުނބޯ ހުތް ކޮޅު އެއްކޮށްލާށެވެ. އެއަށްފަހު ބާކީ އޮތް 2 ދޮންކެޔޮ ފޮތިކޮށް ކޮށާފަ ބަހައްޓާށެވެ. އެއަށްފަހު ތެއްޔެއްގައި ބަޓަރާއި ހަކުރުތަށް ވިރެންދެން މަޑު ގިނީގައި ކައްކާށެވެ. ދެން އުނދުން މަތިން ތެލި ނެގުމަށްފަހު އޭގެ ތެރެއަށް 3 ބިސް އެއްކޮށްލާށެވެ. އެއަށްފަހު ފުށް އަދި ބޭކިން ޕަައުޑަރ ތެރެއަށް ހަކުރުގަނޑާއި ޗަސްކުރި ދޮންކެޔޮތައް އެއްކުރާށެވެ. އެއަށް ފަހު ޓްރޭއަކަށް ފުށް ގަނޑުގެ އެއްބައި އެޅުމަށް ފަހު ފޮތިކޮށް ކޮށި ދޮންކެޔޮތަކުގެ އެއްބައި މަތީގައި ފަތުރާށެވެ. ދެން ބާކީ ހުރި ފުށް ގަނޑު އެއްކޮށް އެޅުމަށްފަހު ބާކީ ހުރި ދޮންކެޔޮ ފޮތިތަށްވެސް އަތުރާށެވެ. ދެން 30-40 މިނެޓް އަވަނުގައި ފިހާށެވެ.