twitterviber whatsapp telegramfacebookyoutube instagram
1st June 2026

ނޮޅިވަރަމްގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާގެ ހާލު ރަނގަޅު: ކުޅުދުއްފުށީ ހޮސްޕިޓަލް

Jun 28, 2015

ހދ. ނޮޅިވަރަންގައި ރޭ ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އެރަށު މާވިލަ، ފާރިޝް އިބްރާހީމްގެ ހާލު ރަނގަޅުކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއްޖެ އެވެ.

“ކުޅުދުއްފުށީ އޮންލައިނަށް” މައުލޫމާތު ދެމުން ހޮސްޕޓަލްގެ ޒިންމާދާރު ވެރިޔާ މުހައްމަދު ހަސަން ވިދާޅުވީ ފާރިޝް ހޮސްޕިޓަލަށް ގެނެވިފައިވަނީ އެރޭ ގާތްގަނޑަކަށް 11:30 ކަމަށާއި މިހާރު ހާލު ރަގަނޅު ނަމަވެސް އަދިވެސް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށެވެ.

ރޭ ނޮޅިވަރަންގައި ހިންގި އެކްސިޑެންޓްގައި ގެއްލުވި ސައިކަލް–

ޕޮލިސް މީޑިއާއިން ވިދާޅުވީ މި އެކްސިޑެންޓްގެ މައުލޫމާތު ޕޮލިހަށް ލިބިފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ނޮޅިވަރަމް ކައުންސިލްގެ ފަރާތުންކަމަށާއި މި އެކްސިޑެންޓް ހިނގި އިރު ސައިކަލް ދުއްވަން އިނީ 15 އަހަރުގެ ކުއްޖެއް ކަމަށެވެ.

ރޭ ނޮޅިވަރަންގައި ހިންގި އެކްސިޑެންޓްގައި ގެއްލުވި ސައިކަލް

މި އެކްސިޑެންޓް ހިނގާފައިވަނީ އެރަށު ވޮލީ ކޯޓު ކައިރިން ދަނިކޮށް ގަހެއްގެ މުލެއްގައި ޖެހިގެން ކަމަށް މައުލޫމާތު ލިބެއެެވެ. ސައިކަލަށް ވަނީ ބޮޑެތި ގެއްލުން ތަކެއްވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355