twitterviber whatsapp telegramfacebookyoutube instagram
12th August 2026

އިހަވަންދޫގައި ބަންގި ގޮވުމާއި ހުތުބާ ކިޔުމުގެ މުބާރާތެއް ފަށަނީ

Jun 28, 2015

އިހަވަންދޫގައި ބަންގި ގޮވުމާއި ހުތުބާ ކިޔުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ  މި މުބާރާތުގައި ބައިވެރިވަމުގެ ފުރުސަތުވަނީ 29 ޖޫން ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވައި ލެވިފައެވެ.

އިމަގު ޖަމިއްޔާގެ ފަރާތުން އަލީ ފުއާދު ވިދާޅުވީ މި މުބާރާތުގައި ބަންގި ގޮވުމުގެ މުބާރާތުގައި ޖުމްލް 3 އުމުރުފުރާއަކަށް ފުރުސަތު ހުޅުވާލެވިފަ ވާނެކަމަށެވެ. އެއީ 9 އަހަރާ 13 އަހަރުގެ ދެމެދާއި 13 އަހަރާ 16 އަހަރުގެ ދެމެދާއި 16 އަހަރުން މަތީގެ ކުދިންނަށެވެ. އަދި ހުތުބާ ކިޔުމުގެ މުބާރާތުގައި 13 އަހަަރާއި 16 އަހަރު އަދި 16 އަހަރުން މަތީގެ ކުދިންނަށެވެ.

އިތުރަށް މައުލޫމަތު ދެއްވަމުން އަލީ ފުއާދު ވިދާޅުވީ މި މުބާރާތުގައި ފުރަތަމަ އޮޑިޝަން ކުރެވިގެން ދާނެ ކަމަށާއި ކޮންމެ އުމުރުފުރާ އަކުން 3 ދަރިވަރަކު ހޮވާނެ ކަމަށެވެ. އަދި މި މުބާރާތް ހަފްތާއެއް ހާދުވަހު ކުރިޔަށް ދާނެކަމަށެވެ.

މި މުބާރާތުގެ ބައިވެރިވުމުގެ ފޯމް މިހާރު ލައްޔާހް ސްޓޯރ އަދި އިމަގު އޮފީހުން ލިބެން ހުންނާނެ ކަމަށް އިމަގު ޖަމިއްޔާއިން މައުލޫމާތު ދިނެވެ.

މި މުބާރާތަކީ އިހަވަންދޫގައި އަލަން ފަށާ މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355