twitterviber whatsapp telegramfacebookyoutube instagram
17th May 2025

ބާދުޝާހް ބޯޓްގައި ފިނިކުރި ކާބޯތަކެތި ފުރިޖްކޮށްގެން ގެނެސްފި

Jun 28, 2015

މިއަދު މާލެއިން ކުޅުދުއްފުއްޓަށް އައި ކުޅުދުއްފުށީ ބާދުޝާހް ބޯޓްގައި ގެނައި ފިނިކުރި ކާބޯތަކެތި ގެނެސްފައިވަނީ ފުރިޖްކޮށްގެންނެވެ.

މިތަކެތި ފުރިޖްކޮށްގެން ގެނެސްފައި މިވަނީ ކުޅުދުއްފުށީ ޕަބުލިކް ހެލްތުން މިއަހަރު ރޯދަމަހާ ދިމާކޮށް، މާލެއިން ކުޅުދުއްފުއްޓަށް ގެންނަ އެއްގަމު ފިނިކުރި ކާބޯތަކެތި ގެންނަނީ އެކަށީގެންވާ ވަރަށް ބަންދުކޮށްގެން ތޯ ބެލުމުގެ ގޮތުން އިންސްޕެކްޝަން ފަށާފައިވަނިކޮށެވެ.

ބާދުޝާހް ބޯޓް މިއަދު ކުޅުދުއްފުއްޓަށް އައުމުން އެބޯޓަށް ވެސް ހެލްތު އޮފިޝަލުން އަރައި، ފިނިކުރި ކާބޯތަކެތި ގެނެސްފައިވަނީ ކެއުމަށް ރައްކާތެރިގޮތުގައި ތޯ ބަލާފަ އެވެ. މިއަދު އެބޯޓުން ގެނައި ކުކުޅާއި ސޮސެޖާއި މެގްނަމް ފަދަ ތަކެތި ގެނެސްފައިވަނީ ފްރިޖްކޮށްގެނާއި ފުޅިމަދު ފޮށީގައި ބަންދުކޮށްގެންނެވެ.

ހެލްތު އޮފިޝަލުން މިއަދު ބާދުޝާހް ބޯޓުން ގެނައި ތަކެތި ޗެކް ކުރަނީ–

ބާދުޝާހް ބޯޓު ގެނައި ތަކެތި ޗެކްކުރުމަށް ފަހު “ކުޅުދުއްފުށީ އޮންލައިނަށް” މައުލޫމާތު ދެއްވަމުން ހެލްތު އޮފިޝަލުން ވިދާޅުވީ ބޯޓުން ގެނައި ފިނިކުރި ކާބޯތަކެތި ބަންދުކޮށްފައިވަނީ ކެއުމަށް ރައްކާތެރިގޮތުގަ ކަމަށެވެ.

އަދި ޕަބްލިކް ހެލްތުން ފަށާފައި މިވާ މަސައްކަތުގެ ހެޔޮ ނަތީޖާގެ ކުލަވަރު ފެންނަ ފަށާފައިވާ ކަމަށް ހެލްތު އޮފިޝަލުން ފާހަގަކުރެއްވި އެވެ

މިއަދު ބާދުޝާހް ބޯޓް ގެނައި ފިނިކުރި ކާބޯތަކެއްޗަކީ “މިންވަރު” ފިހާރައަށް ގެނައި ތަކެތި ކަމަށް ޕަބުލިކް ހެލްތުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355