twitterviber whatsapp telegramfacebookyoutube instagram
12th July 2025

ކުުޅުދުއްފުށީ ހޮސްޕިޓަލަށް 10 ކޮމްޕިއުޓަރާއި 16 ޕްރިންޓަރ ހަދިޔާ ކޮށްފި

Jun 29, 2015

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވޯރލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން 10 ކޮމްޕިއުޓާރ ސިސްޓަމާއި 16 ޕްރިންޓަރ ހަދިޔާކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ސެޓްލްކޯގެ ކޮންފަރެންސް ހޯލުގައި ބޭއްވި ރަސްމިޔާތެއްގައި މި ތަކެތި ހެލްތް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕާ)ގެ ސީއީއޯ މުޖުތަބާ ޖަލީލެވެ. މި ތަކެއްޗާ މިނިސްޓްރީގެ ފަރާތުން ހަވާލުވެލެއްވީ މިނިސްޓަރ އިރުތިޝާމް އާދަމް އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ އިތުުރުން ރާއްޖޭގެ ލެވެލް އެކެއްގެ ގެ އިތުރު 4 ހޮސްޕިޓަލަކަށް ކޮމްޕިއުޓަރާއި ޕްރިންޓަރު ހަދިޔާކޮށްފައި ވެއެވެ.

އެގޮތުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލްއަށް ހަދިޔާކޮށްފައިވަނީ 15 ކޮމްޕިއުޓަރ ސިސްޓަމާއި 17 ޕްރިންޓަރެވެ. ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް 9 ކޮމްޕިއުޓަރ ސިސްޓަމާއި ފަސް ޕްރިންޓަރ ހަދިޔާ ކޮށްފައިވާ އިރު ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް 7 ކޮމްޕިއުޓަރ ސިސްޓަމާއި 14 ޕްރިންޓަރު ހަދިޔާކޮށްފައި ވެއެެވެ. އަދި ޑރ. އަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް 11 ކޮމްޕިއުޓަރ ސިސްޓަމާއި 15 ޕްރިންޓަރު ވަނީ ހަދިޔާކޮށްފައެވެ.

މި ރަސްމިޔާތުގައި މި ކޮމްޕިއުޓަރުތަކާއި ޕްރިންޓަރުތައް ވަނީ މިނިސްޓަރ އިރުތިޝާމް ހޮސްޕިޓާތަކާވެސް ހަވާލުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355