އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގުގުރުމާއިއެކު މިއަދާއި މާދަމާ ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބޭހޭއިދާރާއިން ބުނެފި އެވެ.
މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލުދެމެދުގެބާރުމިނުގައި ވައިޖެހޭނެ ކަމަށް އެއިދާރާއިން ބުންޏެވެ.
އޭގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން މައުލޫމާތި ދެއެވެ.