ބޭނުންވާ ތަކެތި
1 ދަޅު ގެރި ކިރު
1 ޗޮކުލެޓް
ކުޑަ ބަޓަރު ކޮޅެއް
ހިކިމޭބިސްކަދުރު/ ކަނަމަދު (ބޭނުންނަމަ ނަޓްސް)
ހަދާނެ ގޮތް
ފުރަތަމަ ތައްޓާކަށް ބަޓަރާއި، ގެރިކިރު، އަދި ޗޮކުލެޓް އެޅުމަށްފަހު ޗޮކުލެޓްތައް ދިޔާވަންދެން ގިރާށެވެ. ބޭނުންނަމަ ޗޮކުލެޓް ހޫނުކުރުމަށްފަހު ވެސް މިކްސް ކުރެވިދާނެ އެވެ. ހުރިހާ އެއްޗެއް މިކްސް ކުރުމަށްފަހު މޭބިސްކަދުރު އަދި ކަނަމަދު ކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ޓްރޭއަކަށް އަޅާއި 2-4 ގަޑި އިރު ރެޕްރިޖަރޭޓް ކުރާށެވެ.