twitterviber whatsapp telegramfacebookyoutube instagram
12th July 2025

ރައީސްގެ ދެކަނބަލުން ދެއްވާ ރޯދަ ހަދިޔާ ކުޅުދުއްފުށީގައި ބަހަން ފަށައިފި

Jun 30, 2015

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ރައީސްގެ ދެކަނބަލުންގެ ފަރާތުން ދެއްވާ ރޯދަ ހަދިޔާ ކުޅުދުއްފުށީގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބަހަން ފަށައިފިއެވެ.

ހަދިޔާ ބަހަން ފަށާފައި ވަނީ އިއްޔަ ހަވީރު އެވެ.

މި ހަދިޔާއަކީ ރޯދަ މަހަށް ހާއްސަކޮށް ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ ފަރާތްޕުޅުން ދެއްވާ ހަދިޔާއެކެވެ. ހަދިޔާގެ ގޮތުގައި ދެއްވަނީ ކަދުރާއި ހަނޑޫ އަދި ދަޅު މަހެވެ.

އެގޮތުން ހަދިޔާކުރަނީ މީހަކަ 5 ކިލޯގެ ހަނޑު ބަސްތާއަކާއި 6 މަސްދަޅާއި ކަދުރު ޕެކެޓެކެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ގޮތުގައި ކުޅުދުއްފުށީގައި ރެޖިސްޓްރީ ކޮށްފައވާ ޖުމުލަ 82 ފަރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355