twitterviber whatsapp telegramfacebookyoutube instagram
25th December 2025

ޑެންގީ ހުން ޖެހިގެން 5 އަހަރުގެ ކުއްޖަކު މަރުވެއްޖެ

Jun 30, 2015

ޑެންގީ ހުން ޖެހިގެން ފަސް އަހަރުގެ އަންހެން ކުއްޖަކު މިއަދު މަރުވެއްޖެ އެވެ.

ޑެންގީ ހުން ޖެހިގެން މަރުވެފައިވަނީ ހދ. ނެއްލައިދޫ، ހައްވާ އިމްޝާ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އައިޖީއެމްއެޗަށް އެ ކުއްޖާ ގެނައީ މިއަދު މެންދުރު ފަހު 2:15 އެހާރު ކަމަށެވެ.

އަދި އެކުއްޖާ މަރުވެފައި ވަނީ 3:50 ހާއިރު ކަމަށް އޭނާ ވިދާޅުވި އެވެ.

އެކުއްޖާ މަރުވެފައިވަނީ ހުން އަންނަތާ 13 ވަރަކަށް ދުވަސް ފަހުން ކަމަށާއި އިމްސާ ހުން އަންނަ ފެށުމުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ދެއްކިކަމަށް އެކުއްޖާގެ އާއިލާއިން ބުނެ އެވެ.

އަދި ބޭސް ދިނުމަށްފަހު އެކުއްޖާ ރަށަށް ފޮނުވާލީ ކަމަށާއި މިއަދު އިމަޖެންސީކޮށް މާލެ ގެނައީ ރެއިން ފެށިގެން އެކުއްޖާގެ ކަރުންނާއި ކުޑަކަމުދާ އެއްޗެހިން ލޭ އައުމުން ކަމަށް އެކުއްޖާގެ އާއިލާ މީހުންނާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފަވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355