twitterviber whatsapp telegramfacebookyoutube instagram
17th May 2025

“އިކްލެކްޓިކް ޔޫތް”ގެ ނަމުގައި ކުޅުދުއްފުށީގައި ޖަމިއްޔާއެއް އުފައްދައިފި

Jul 1, 2015

ކުޅުދުއްފުށީގައި އިކްލެކްޓިކް ޔޫތްގެ ނަމުގައި ޖަމިއްޔާއެއް އުއްފަދައިފި އެވެ. މި ޖަމްއިއްޔާ އިފްތިތާހް ކުރުންމަށް ބާއްވާ ޖަލްސާ ވަރަށް އަވަހަށް އޮންނާނެ އެވެ.

މި ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ ކުޅުދުއްފުށީގައި ސަގާފީ ކުޅިވަރާއި މިއުޒިކް އާލައި ކުރުން ކަމަށް އެޖަމިއްޔާގައި އިސްކޮށް ހުންނެވި އަލީ އާދަމް “ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދިނެވެ.

އޭނާ ވިދާޅުވީ މިޖަމިއްޔާގެ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތެއް މި ޖުލައި މަހުގައި ބޭއްވޭނެ ކަމަށެވެ. އަދި މި ޖަމިއްޔާގެ ލޯގޯ ފަރުމާކުރުމަށް ފުރުސަތު ވަނީ ޖުލައި މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފަ ކަމަށާއި ހުށައެޅޭ ލޯގޯތަކުގެ ތެރެއިން ހޮވާލެވޭ ލޯގޯ ފަރުމާކުރި ފަރާތައް ސެޓްފިކެޓާއި 500 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.

އަލީ އިތުރަށް ވިދާޅުވެފައި ވަނީ މި ޖަމިއްޔާގައި މިހާރުވެސް މަދު މެމްބަރުންތަކެއް ތިބި ކަމަށާއި މަދު މެެމްބަރުންތަކަކާއެކު ވިޔަސް ވަރަށް އެކްޓިވްކޮށް މި ޖަމިއްޔާ ހިންގާނެ ކަމަށެވެ. އަދި ޖުލައި މަހު މި ޖަމިއްޔާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށެވެ.

މިއީ ކުޅުދުއްފުށީގައި ސްޕޯރޓްސް ކުޅިވަރަށް ވުރެ ބޮޑަށް ސަގާފީ ކުޅިވަރާއި މިއުޒިކު ކުޅިވަރަށް އެހެމިޔަތުކަން ދީގެން އުފެދިގެން ދާނެ ފުރަތަމަ ޖަމިއްޔާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355