twitterviber whatsapp telegramfacebookyoutube instagram
17th May 2025

ބޭނުމެއް ނެތް ގޮތުގައި ކުޅުދުއްފުށީ ހޮސްޕިޓަލަށް ވަދެ ނޫޅުމަށް ޕަބްލިކް ހެލްތުން އިލްތިމާސްކޮށްފި

Jul 1, 2015

ޑެންގީއަށް ޝައްކުކުރޭވޭ މީހުންނަށް ފަރުވާ ދެމުންދާތީ އާއި ބައެއް ފަހަރު ޕޮޒްޓިވް މީހުންވެސް އެޑްމިޓްކޮށްގެން ފަރުވާދޭތީ، ބޭނުމެއް ނެތް ގޮތުގައި ހޮސްޕިޓަލަށް ވަދެ ނޫޅުމަށް ކުޅުދުއްފުށީ ޕަބްލިކް ހެލްތުން އިލްތިމާސްކޮށްފި އެވެ.

އަތޮޅު ފެންވަރުގައި ޑެންގީއާ ދެކޮޅަށް އުއްފަދާފައިވާ ޓާސް ފޯސްގެ މެނޭޖަރ މުހައްމަދު އަބުދުލް ރަހްމާން “ކުޅުދުއްފުށީ އޮންލައިނަށް” މިއަދު ވިދާޅުވީ ށ. އަތޮޅުގައި ހަލުވިކަމާ އެކު ޑެންގީ ފެތުރެމުންދާ ކަމަށާއި ޑެންގީއަށް ޝައްކުކުރެވިގެން އެއަތޮޅުން ގެންނަ ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.

އެހެން ކަމުން ޑެންގީ ކުޅުދުއްފުށީގައި ފެތުރިދާނެކަމުގެ ބިރު އެބައޮތް ކަމަށާއި ބޭނުމެއް ނެތް ގޮތުގައި ހޮސްޕިޓަލަށް ވަދެ ނޫންޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

” ކުޅުދުއްފުށީ ހޮސްޕިޓަލުގައި ޑެންގީއަށް ޝައްކުކުރެވޭ ކޭޝްތައް އެބަހުރި، އަޅުގަނޑުމެންގެ ވަރަށް ބޮޑަށް އިލްތިމާސްކުރަން މިދުވަސްކޮޅު ބޭނުމެއް ނެތް ގޮތުގައި ހޮސްޕިޓަލަށް ވަދެ ނޫޅުމަށް.ވަކީން ހާއްސަކޮށް ކުޑަކުދިން ގޮވައިގެން ހޮސްޕިޓަލަށް ނައުން އެދެން. ބަލި މީހުންނަށް ގޮވަލާން ވެސް އައިމަކީ މިދުވަސްވަރު ރައްކާތެރިކަމއް ނޫން ” މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހދ އާއި ހއ އިން މިހާތަނަށް ޑެންގީ ފެތުރެމުންދާ ކަމުގެ ރިޕޯޓްތައް ލިިބިފައިނުވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355