ކުޅުދުއްފުށީގައި ޑެންގީ ހުން އާއްމުވެގެން ފޮގް ކުރަންޖެހިއްޖެ ހާލަތެއް އައުމުން އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ކުޅުދުއްފުށީ ޕަބްލިކް ހެލްތުން ބުނެފި އެވެ.
ޕަބުލިކް ހެލްތުން މިހެން ބުނެފައިމިވަނީ ގިނަ އަދަދެއްގެ ޑެންގީ ކޭސްތަކެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްފިޓަލަށް ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައި އެވެ. އެގޮތުން އެ ހޮސްޕިޓަލުން ޑެންގީ ހުމުގެ 13 ކޭސްއެއް ރިޕޯޓްކޮށްފައިވާއިރު އޭގެ ތެރެއިން އެކަކަށް އަދިވެސް އަންނަނީ އެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ކުޅުދުއްފުށީގައި ރީޖަނަލް ހޮސްޕިޓަލަށް މިހާތަނަށް ޑެންގީ ހުންމުގައި ރިޕޯޓްކޮށްފައިވަނީ ށ. އަތޮޅުންނެވެ. ކުޅުދުއްފުށިން ޑެންގީގެ ރިޕޯޓެއް މިހާތަނަށް ކޮށްފައެއް ނުވެ އެވެ.
ޑެންގީގެ ގިނަ ކޭސްތަކެއް ކުޅުދުއްފުއްޓަށް އަންނަ ވެއްޖެނަމަ ކުޅުދުއްފުށީގައި އެ ބަލި ފެތުރިދާނެ ކަމުގެ ކަންބޮޑުވުން ގިނަ ރައްޔިތުންތަކެއް ދަނީ ފާޅުކުރަމުންނެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޕަބުލިކް ހެލްތު އޮފިޝަލް މުހައްމަދު އަބުދުލް ރަހްމާނު މިކަމާ ގުޅިގެން “ކުޅުދުއްފުށި އޮންލައިނަށް” ވިދާޅުވީ އަތޮޅު ފެންވަރުގައި މަސައްކަތް ކުރާނެ ޓާސް ފޯސްއެއް މިހާރު އެކުލަވާލައިފަ ވާނޭ ކަމަށާއި ކުޅުދުއްފުށީގައި ޑެންގީ ފެތުރުނަ ނުދިނުމުގެ ގޮތުން މަދިރި އާލާވާ ތަންތަން ނައްތާލުމާ ބޭހޭ މަޝްވަރާތައް މިއަދު ބާއްވާފައިވާނޭ ކަމަށެވެ.
އޭނާ ވިދާޅުވާގޮތުގައި މަދިރިއަށް ފޮގް ކުރުމަކުން އަދި ހައްލެއް ނުލިބޭނެ ކަމަށާއި އެކަމުން ހަމައެކަނި މަރުވާނީ އުދުހޭ މަދިރި އެކަނިކަމަށެވެ. އެކަމަކު ފޮގްކުރުން ޖެހިއްޖެ ހާލަތެއް ފޮގްކުރުމަށް އެކަމާ ބެހޭ ހުރިހާ ތަކެއްޗެއް ތައްޔާރުކަމަށް މުހައްމަދު ވިދާޅުވި އެވެ.
” ފޮގް ކުރުމުން މަރުވާނީ ހަމައެކަނި އުދުހޭ މަދިރި. އަނެއް ދުވަހު އަނެއްކާ ބިހުން ނިކުންނާނެ މަދިރިތަކެއް. ފޮގް ކުރާއިރު ވިއްސާރައަށާއި ވައިޖެހޭ ގޮތް ބަލަންޖެހޭ އެހެން ނޫން ނަމަ އެވަނީ ބޭކާރު ކަމަކަށް. ” މުހައްމަދު އަބުދުލް ރަހްމާން ވިދާޅުވި އެވެ.
މާދަމާއިން ފެށިގެން އާއްމުނަން މަދިރި ނަންތާލުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގުރާމް ފަށާނެ ކަމަށާއި ހުކުރު ދުވަހު ގޭބިސީތަކަށް ޒިޔާރަތްކޮށް މަދިރި އާލާވާގޮތަށް ހުރިތަންތަން ނައްތާނެވޭނެ ކަމަށް މުހައްމަދު ވިދާޅުވި އެވެ.
ޑެންގީ ހުން ކުޅުދުއްފުށީގައި ފެތުރިދާނެކަމުގެ ބިރަށް ބޭނުމެއް ނެތް ގޮތުގައި ހޮސްޕިޓަލަށް ވަދެ ނޫންޅުމަށް ޕަބުލިކް ހެލްތުން ވަނީ އިލްތިމާސްކޮށްފަ އެވެ.