twitterviber whatsapp telegramfacebookyoutube instagram
11th April 2026

މަރިދި ކޮންޓްރޯލް ކުރުމަށް އިހަވަންދޫ ފޮގް ކުރަންފަށައިފި

Jul 2, 2015

ޑެންގީ ހުން ފެތުރެމުންދާ ދުވަސްވަރަކަށްވާތީ މަދިރި ކޮންޓްރޯލްކުރުމަށް އިހަވަންދޫ ފޮގް ކުރަން ފަށައިފި އެވެ.

“ކުޅުދުއްފުށީ އޮންލައިނަށް” މައުލޫމާތު ދެމުން އިހަވަންދޫ ސިއްހީ މަރުކަޒުން ވިދާޅުވީ މަދިރި އާލާވުން ހުއްޓުވުމަށްޓަކައި އިއްޔެއިން ފެށިގެން 4 ދުވަހަށް ކޮންމެ ދުވަހަކު އެއްފަހަރު ރަށުތެރެ ފޮގް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށެވެ.

އޭގެ އިތުރުން ޑެންގީ ހުން ފެތުރެމުންދާ ދުވަސްވަރަކަށްވާތީ އިހަވަންދޫގައި ޑެންގީ ހުމާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ވެސް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް މިނޫހަށް ވިދާޅުވީ ރަށުގެ 5 މުއައްސަސާއެއް ބައިވެރިވެގެން ރަށުގެ 7 ސަރަހައްދަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އިއްޔެ ހަވީރު އާންމުންގެ ގޯތި ގޯއްޗާއި ތަންތަނަށް ޒިޔާރަތްކޮށް އެކަމާ ގުޅޭ މައުލޫމާތު ދީފައިވާނެ ކަމަށެވެ.

އޭގެ އިތުރުން މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލައި އަދި އެފަދަ ތަންތަން ނައްތާލާނެ ގޮތުގެ އިރުޝާދު ރައްޔިތުންނާ ހިއްސާ ކުރެވިފައިވާނެ ކަމަށްވެސް އާސިފް ވިދާޅުވި އެވެ.

އިހަވަންދޫގައި އިއްޔެ ކުރިއަށް މި ގެންދިޔަ މައުލޫމާތު ދިނުމުގެ ޕްރޮގްރަމްގައި ބައިވެރިވެފައިވަނީ އެރަށު ފެނަކަ ކޯޕަރޭޝަން، ސިއްހީ މަރުކަޒު، އިހަވަންދޫ ސްކޫލް، އިހަވަންދޫ ކައުންސިލްގެ އިތުރުން ޕޮލިހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355