twitterviber whatsapp telegramfacebookyoutube instagram
19th November 2019

ރެސިޕީ: ސްވީޓް ސޯސީ ސޮސެޖް

Jul 5, 2015

ބޭނުންވާ ތަކެތި

6 ބީފްސޮސެޖް (ކުދިކޮށް ބުރިކޮށްފައި)

2 ފިޔާ (ބޮޑެތިކޮށް ކޮށާފައި)

1 ގްރީން ޕެޕަރ (ހަނިދިގަށް ކޮށާފައި)

2 މޭޒުމަތީ ސަމުސާ ސޮޔާ ސޯސް

1 މޭޒުމަތީ ސަމުސާ ވިނިގަރ

ލޮނުކޮޅެއް

2 ޓޮމާޓޯ (ބޮޑެތިކޮށް ކޮށާފައި)

1 ސައި ސަމުސާ އިނގުރު (ޗިސްކުރި)

ބައި ޖޯޑު ޓޮމާޓޯ ސޯސް

ބައި ޖޯޑު ޗިލީ ސޯސް

ހަދާނެގޮތް

ފުރަތަމަ ތަވާ އުދާލުމަށްފަހު ތެޔޮފޮދެއް އަޅާލާށެވެ. ތެޔޮހޫނުވީމާ ފިޔާކޮޅާއި ޕެޕަރ އެއްކޮށްލުމަށްފަހު ފިޔާކޮޅު ވަޅޯވަންދެން ދޭފަތުން ހަލުވާށެވެ. އެެއަށްފަހު ސޮސެޖް ކޮޅާއިޓޮމާޓޯކޮޅު އެެއްކޮށްލާށެވެ. 2 މިނެޓް ވަރު ބެހެއްޓުމަށްފަހު ބާކީ ތަކެތި އެއްކޮށްފައި ރޯފިލަންދެން ކައްކާލުމަށްފަހު ބާލާށެވެ.

– ޖުވޭރިޔާ ވަޖުދީ-

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355