twitterviber whatsapp telegramfacebookyoutube instagram
12th September 2026

ބީއެމްއެލް މޯބައިލް ބޭންކިން އެޕްލިކޭޝަން ލޯންޗްކޮށްފި

Jul 6, 2015

ބޭންކް އޮފް މޯލްޑިވްސް ގެ މޯބައިލް ބޭންކިންގެ ފޯން އެޕްލިކޭޝަން ލޯންޗް ކޮށްފި އެވެ.

މި އެޕްލިކޭޝަން ބޭނުންކޮށްގެން އެކައުންޓް ބެލެންސް ބެލުމާއި އެކައުންޓުތަކަށް ފައިސާ ޓްރާންސްފާކޮށް ލޯނާއި ކްރެޑިޓް ކާޑަށް ފައިސާ ދެއްކެއެވެ. އަދި އެކްސްޗޭންޖް ރޭޓް ބަލައިލުމާއި އޭޓީއެމްތައް ހުންނަ ލޮކޭޝަންތައް ބެލުމާއި ކަސްޓަމާ ސާވިސްއާ ގުޅުމުގެ އިތުރުން ބިލްތައް ދެއްކުން އަދި ފޯނުތަކަށް ކްރެޑިޓް ޓްރާންސްފާކުރުމާއި ރީޗާރޖް ކުރުމުގެ ހިދުމަތް ވެސް އެޕްލިކޭޝަނުން ލިބެ އެވެ.

އެގޮތުން މި އެޕްލިކޭޝަން މިހާރު އެޕަލް އެޕް ސްޓޯރާއި ގޫގްލް ޕްލޭ އިން ޑައުންލޯޑް ކުރެވޭއިރު އިންޓަނެޓް ބޭންކިން ބޭނުންކުރާ މީހުންނަށް މިހާރުވެސް އެޕްލިކޭޝަން އެޅުމަށް ފަހު، އިންޓަނެޓް ބޭންކިންގައި ބޭނުންކުރާ ޔޫސާ ނޭމް އާއި ސެކިއުރިޓީ ކޯޑް ބޭނުންކޮށްގެން އެޕްލިކޭޝަނުން ހިދުމަތް ހޯދޭނެ އެވެ.

މި އެޕްލިކޭޝަނަށް ރަޖިސްޓްރީ ކުރުމަށް އިންޓަނެޓް ބޭންކިންނަށް ބޭނުންކުރާ ޔޫސާ ނޭމްއާއި ޕާސްވޯޑު ޖެހުމަށް ފަހު ފަހުން ލޮގިން ވުމަށް ޕާސްކޯޑެއް ސެޓުކުރަން ޖެހެ އެވެ.

މި އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވާފައި ވަނީ ރޭ ސީހައުސް ރެސްޓޯރަންޓްގައި ބޭއްވި ހަފްލާއެއްގައި ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293