twitterviber whatsapp telegramfacebookyoutube instagram
14th February 2026

ތަކަންދޫގައި ވަޅިޖެހި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

Jul 8, 2015

ހއ. ތަކަންދޫގައި ރޭ މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު “ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްމުން ބުނީ މާރާމާރީ ހިންގަން ދިމާވީ އިއްޔެ ހަވީރު ދެ މީހުން މަޑިއެރުވުމުގައި އުޅެނިކޮށް، އެކަކުގެ މަޑި އަނެއް މީހާގެ މަޑީގައި އޮޅުވާލައިގެން ހިނގި ޒުވާބަކަށްފަހު ކަމަށެވެ. އަދި ހަމަ އެކަމާ ދެ މީހުން އެތަނުގައި މާރާމާރީ ހިންގި ކަމަށް އޭނާ މައުލޫމާތު ދިނެވެ.

ރޭ ވަޅި ހަރާފައިވަނީ ކަރުގެ އެއް ފަރާތުން ކަރަށްވުރެ މައްޗަށް ވާގޮތަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭގައި އެ ރަށުގައި މީހަކު ގަޔަށް ވަޅި ހަރާލުމާ ގުޅިގެން އުމުރުން 56 އަހަރުގެ ފިރިހެނަކު ރޭ 12:25 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރޭ 9:45 ހާއިރު ވަޅިން ހަމަލާދީ ޒަހަމުކޮށްލާފައިވަނީ އުމުރުން 43 އަހަރުގެ މީހެކެވެެ. އެހާދިސާގައި އެމީހާގެ ކަރާއި ދިމާލުން ޒަހަމްވެފައިވާއިރު، އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދީނުމަށްފަހުވަނީ އާއިލާގެ އެދުމުގެ މަތިން އިތުރު ފަރުވާ އަށް ވަނީ ކުޅުދުއްފުށްޓަށް ގެނެސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355