twitterviber whatsapp telegramfacebookyoutube instagram
17th May 2025

ގަވައިދާ ހިލާފަށް ކުނި އަޅާ ފަރާތްތަކުގެ ފޮޓޯ އާންމު ކުރަނީ

Jul 12, 2015

ކުޅުދުއްފުށީ ކުނިކޮށި ފިޔަވާ އެހެން ސަރަހައްދުތަކަށް ކުނި އަޅާ ފަރާތްތަކުގެ ފޮޓޯ މީޑިޔާގައި އާންމު ކުރުމަށް ކުޅުދުއްފުށީ ޕަބްލިކް ހެލްތުން ނިންމައިފި އެވެ.

އެ ޔުނިޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ އިއުލާނެއް ގައި ވާގޮތުން އިއްޔެއިން ފެށިގެން ކުނިކޮށި ފިޔަވައި އެހެން ސަރަޙައްދުތަކަށް ކުނިއަޅާ ފަރާތްތައް ބަލައި، އެފަރާތްތަކުގެ މަޢުލޫމާތާއި، ފޮޓޯ މީޑިއާގައި އާންމުކުރާނެ ކަމަށެވެ.

އެގޮތުން ކުނިކޮށި ފިޔަވައި އެހެން ސަރަޙައްދުތަކަށް ކުނިއަޅާތަން ފެނިއްޖެނަމަ ފޮޓޯ ނަގައި 7776072 ނަމްބަރ ފޯނަށް ވައިބަރ ކުރުމަށް ނުވަތަ ސީދާ ޕަބްލިކް ހެލްތް ޔުނިޓަށް ޒިޔާރަތްކޮށް އެފަދަ ފޮޓޯ ހިއްސާކުރުމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ޕަބްލިކް ހެލްތުން ބުނެފައިވަނީ މިގޮތަށް އަމަލު ކުރަން ނިންމާފައިވަނީ ސީދާގޮތުން ނަސޭހަތްދީ، އިލްތިމާސްކުރުމުންވެސް އެދެވޭ ހެޔޮ ބަދަލެއް ފެނިފައިނުވާތީ ކަމަށާއި އަދި މިދުވަސްވަރަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޑެންގީ ހުމާއި، ބޭރަށް ހިންގުން އިތުރުވަމުންދާ ދުވަސްވަރަކަށްވާތީ އާންމު ސިއްހަތު ދުޅާހެޔޮކަންމަތީ ދެމެހެއްޓުމަށް ހުރިހާ ރައްޔިތުންގެ އެހީތެރިކަމަށް އެއްބާރުލުން ނިހާޔަތަށް ބޭނުންވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355