twitterviber whatsapp telegramfacebookyoutube instagram
17th May 2025

ކުޅުދުއްފުށީ އަދި ދިއްދޫގެ ހައުސިން ޔުނިޓްތަކުގެ ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

Jul 15, 2015

ކުޅުދުއްފުއްޓާއި ދިއްދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި އެެވެ.

ހައުސިން މިނިސްޓްރީގައި އިއްޔެ ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ހައުސިންގެ ފަރާތުން ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒުއެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރ އިބުރާހިމް ފަޒުލް ރަޝީދެވެ.

މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީ އާއި ހަވާލުކުރެވިފައިވަނީ ހއ. ދިއްދޫގައި ގާއިމުކުރާ 250 ގެއާއި ހދ. ކުޅުދުއްފުށީގައި ގާއިމުކުރާ 100 ގޭގެ ނަރުދަމާގެ މަސައްކަތެވެ.

އެގޮތުން ހަމަސްދުވަހުގެ ތެރޭގައި ނިންމުމަށް ކުޅުދުއްފުށީގައި އިމާރާތްކުރާ 100 ގޭގެ މަސައްކަތް ހަވާލުކުރެވިފައިވަނީ 6،060،486.40 (ހަ މިލިއަން ފަސްދޮޅަސް ހާސް ހަތަރުސަތޭކަ އައްޑިހަ ހަ ރުފިޔާ ސާޅީސް ލާރި) ގެ ބަޖެޓެއްގެ ދަށުންނެވެ. އަދި ދިއްދޫ ގައި ގާއިމް ކުރާ 250 ގޭގެ މަސައްކަތައް (ތޭވީސް މިލިއަން ނުވަލައްކަ އެއްތިރީސް ހާސް ދުއިސައްތަ ތިރީސް އަށް ރުފިޔާ ސާޅީސް ލާރި) ބަޖެޓެއްގެ ދަށުން ނިންމުމަށް ދީފައިވަނީ 8 މަސްދުވަހެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުޢިއްޒު ވިދާޅުވީ ކުޅުދުއްފުށީގެ ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެވަރުވާނެ ކަމަށެވެ. އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑައިރެކްޓަރ އިބުރާހިމް ފަޒުލް ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީގައި ނަރުދަމާ ހޮޅި ގާތްގަނޑަކަށް އެއް ކިލޯ މީޓަރަށް އަޅާނެ ކަމަށާއި އަދި މި މައްސަކަތުގެ ދަށުން ދިއްދޫގައި 4.4 ކިލޯ މީޓަރުގެ ސްވަރޭޖް ލައިން އެޅިގެންދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355