twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކެތިއަރާ މަސް ރޭހުން އެއްވަނަ އަސުރުމާ ހޯދައިފި

Jul 20, 2015

ފިތުރު އީދުގެ މުނާސަބަތާއި ގުޅުވައިގެން ވަޅުއީދު ދުވަހު ހަނިމާދޫަ ކެތިއަރާ ޖަމްއިއްޔާގެ ފަރާތުން ބޭއްވި މަސްރޭހުން އެއްވަނަ އަސުރުމާ ޓީމް ހޯދައިފި އެވެ.

ޖުމްލަ ފަސް ޓީމް ބައިވެރިވި މި މުބާރާތުން އަސުރުމާ ޓީމް އެއްވަނަ ހޯދީ 57 ކިލޯގެ މަސް ބާނައިގެންނެވެ. އެންމެ ބަރު މަސް ބާނައިގެން އިނާމް ހޯދީ އަސުރުމާ ޓީމްގެ އަލީ ހަސަނެވެ. އޭނާ ބޭނީ 8 ކިލޯގެ މަހެކެވެ.

32 ކިލޯގެ މަސް ބާނައިގެން ދެވަނަ ކާމިޔާބުކުރީ އަތްދަށުކެޔޮޅު ޓީމެވެ. 3 ވަނަ ހޯދީ ފިހުނު މަސް ޓީމެވެ. ފިހުނު މަސް ޓީމަށް ބޭނުނީ 22.5 ކިލޯގެ މަހެވެ.

އެންމެ ގިނަ މަސް ބޭނީ އަތްދަށުކެޔޮޅު ޓީމުގެ ހަސަން މުހައްމަދެވެ. އޭނާ ވަނީ 15 މަސް ބާނާފަ އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސާއަކީ ހަނިމާދޫގައި މަސްވެރި އާލާތާ ވިއްކާ ސްޓާޓިން ޕޮއިންޓް ފިހާރައިންނެވެ. އެއްވަނަ ހޯދާ ޓީމަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމަކާއި ޓްރޮފީއެއް އަދި ގިފް ޕެކެއް ދީފަވެ އެވެ.

[yass cats=177]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355