twitterviber whatsapp telegramfacebookyoutube instagram
12th August 2026

ފަޔާރ ފައިޓަރުންނާއި ސެކިއުރިޓީ އޮފިޝަލުން ތަމްރީން ކުރާ 2 ކޯހެއް ކުޅުދުއްފުށީގައި ފަށަނީ

Jul 20, 2015

ކުޅުދުއްފުށީގައި ގޭގް ޓްރެއިނިންގެ އިންސްޓިޓިއުޓްގެ ފަރާތުން 2 ކޯހެއް ފެށުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް އެފަރާތުން ބުނެފި އެވެ.

އެގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެކިއުރިޓީ އޮފިސަރ ޓްރެއިންގ ކޯހަކާއި އިންޓަސްޓްރިއަލް ފަޔާރ ފައިޓާރ ޓްރެއިން ކޯހެކެވެ.

ގޭގް ޓްރެއިނިން އިންސްޓިޓިއުޓްގެ ޑައިރެކްޓާރ ޓްރެއިނިން އެންޑް ބިޒްނަސް ޑިވެލޮޕްމެންޓް މުހައްމަދު ޝާމީ އާދަމް  “ކުޅުދުުއްފުށި އޮންލައިނަށް” މިއަދު ވިދާޅުވީ އެފަރާތުން ކުރިއަށްގެންދަން ހަމަޖެހިފައިވާ ދެ ކޯހުގެ ޓްރެއިންގ ނިމުމުން ބައިވެރިންނަށް ވަޒީފާ ވެސް ހަމަޖެހިގެންދާނެ ކަމަށެވެވެ.

” އަޅުގަނޑުމެން މީހުން ބިނާކޮށް އަދި އެފަރާތަކަށް އަޅުގަނޑުމެންގެ ކުންފުނި ވަޒީފާވެސް ކަށަވަރުވެގެންދާނެ” ޝާމީ ވިދާޅުވި އެވެ.

މުހައްމަދު ޝާމީ އިތުރަށް ވިދާޅުވީ 2 ކޯސް ވެސް ކުރިއަށް ދާނީ 7 ދުވަހުގެ މުއްދަތަަށް ކަމަށާއި ކޯހުގެ ފީ އަކީ 1500 ރުފިޔާކަމަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް 9998486، 3304055 ގުޅުއްވުމުން ނުވަތަ [email protected] އަށް ލޮގިން ކުރެއްވުމުން މައުލޫމާތު ސާފުވާނެ ކަމަށް މުހައްމަދު ޝާމީ ވިދާޅުވި އެވެ.

އޭގެ އިތުރުން ކޯސްތަކާއި ބެހެގޮތުން މައުލޫމާތު ދިނުންމަށް  މިރޭ ހދ ޓީއާރުސީ ގައި  9 ޖަހާއިރު ބައްދަލުވުމެއް  އޮންނާނެކަމަށް އޭނާ ވިދާޅުވި  އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355