twitterviber whatsapp telegramfacebookyoutube instagram
1st June 2026

ހއ. މޮޅުދޫ މީހުން އެއަތޮޅު ދިއްދޫއަށް ބަދަލުކުރުމަށް މަޝްވަރާކުރަނީ

Jul 21, 2015

ހއ. މޮޅަދޫ މީހުން އެ އަތޮޅު ދިއްދޫއަށް ބަދަލު ކުރުމުގެ މަޝްވަރާ ކުރަމުންދާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ސީއެންއެމް އަށް ދެއްވި  ބަސްތީގަތުމެއްގައި ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފާއިޒު ވިދާޅުވީ ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ހއ. މޮޅަދޫ ރައްޔިތުން އެ އަތޮޅު ދިއްދުއަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި މަޝްވަރާކުރަމުންދަނީ އެމަސައްކަތުގެ ދަށުން ކަމަށެވެ.

މޮޅަދޫ ރައްޔިތުން އެ އަތޮޅު ދިއްދުއަށް ބަދަލުކުރުމަށްޓަކައި އެރަށު ކައުންސިލާއެކު މަޝްވަރާތައް ކުރަމުންދާ މޮޅަދޫ ކައުންސިލްގެ ރައީސް އަހްމަދު އަޝްރަފު ވިދާޅުވެފައި ވަނީ ދިއްދޫއަށް މީހުން ބަދަލުކުރުމުގެ މަޝްވަރާތަކެއް ކުރިއަށް ދާކަމަށް ހައުސިން މިނިސްޓްރީން ސިޓީއަކުން ދަންނަވާފައިވާކަމަށާއި ރައްޔިތުންގެ ހިޔާލު ސިޓީއަކުން ކައުންސިލްގެ ފަރާތުން އެ މިނިސްޓްރީއަށް ރޯދަ މަސް ފެށުމުގެ ކުރިން ފޮނުވާފައިވާ ކަމަށެވެ. އަދި ސިޓީ ހުށާއެޅުމަށް ފަހު ސިފައެއްގައި އެކަމުގެ ވާހަކައެއް ދެކެވިފައި ނުވާ ކަމަށްވެސް އަޝްރަފް ވިދާޅުވި އެވެ.

މިހާރު ދިއްދޫގައި ސަރުކާރުން 250 ހައުސިން ޔުނިޓް އިމާރާތް ކުރަމުން ދާއިރު އޭގެތެރެއިން 60 ހައުސިން ޔުނިޓް ދޫކުރަން ނިންމާފައިވަނީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ދިއްދޫ އަށް ބަދަލުކުރާ ފަރާތްތަކަށެވެ.

މޮޅަދޫގައި މިވަގުތު ދިރިއުޅެމުންދަނީ 61 ގޭގައި 371 މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355