twitterviber whatsapp telegramfacebookyoutube instagram
1st June 2026

ހދ. އަތޮޅުގައި ބާއްވާ “ފުނަ” އޮގަސްޓް 7 އަދި 8 ގައި

Jul 22, 2015

މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން އަތޮޅުތެރޭގައި ކުރިއަށް ގެންދާ ސަގާފީ ކުޅިވަރުތައް ފެނިގެންދާ “ފުނަ ޝޯ”އަންނަ އޮގަސްޓްމަހު 7 ވަނަ ދުވަހާއި 8 ދުވަހު ބާއްވަން ނިންމައިފި އެވެ.

ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި ބާއްވަމުން ގެންދާ މި ހަރަކާތް ކުރިން ހދ އަތޮޅުގައި ބާއްވަން ހަމަޖެއްސީ މިދިޔަ ޖޫންމަހު އެވެ. އެހެންނަމަވެސް ތަފާތު ސަބަބުތަކާ ހުރެ ވަނީ ފަސްކޮށްފަ އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން އަތޮޅު ކައުންސިލްގެ މެންބަރު ހުސައިން ޝަގީފް ވިދާޅުވީ މިހާތަނަށް މިޝޯ ގައި ގާތްގަނޑަކަށް 6 ރަށެއްގެ 20 ގްރޫޕުން އައިޓަމްތައް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޝަގީފް ވިދާޅުވީ ހދ އަތޮޅުން މި މުބާރާތުގައި ބައިވެރިވެފައިވަނީ ނޭކުރަންދޫ، ކުމުންދޫ، ހަނިމާދޫ، ނޮޅިވަރަމް، މަކުނުދޫ އަދި ކުޅުދުއްފުށިން ކަމަށެވެ.

ޝަގީފް ވިދާޅުވީ މިނިވަން ފުނަ ސޯއަށް ތައްޔާރުވުމުގެ ކަންްތައްތައް ވަރަށް ބާރަށް ކުޅުދުއްފުށީ ކައުންސިލާ ގުޅިގެން ކުރިއަށްދާ ކަމަށެވެ.

މިޝޯ މިހާރު ފެށުމަށް ހަމަޖެހިފަވަނީ އޮގަސްޓްމަހު 7 ވަނަ ދުވަހު 4 ޖަހާއިރު ޒޯން ސްޓޭޑިއަމްގަ އެވެ.

މި ހަރަކާތައް ނިންމާލުމަށް ފަހު ކޮންމެ އަތޮޅަކުން ހޮވާލެވޭ ދެ ހަރަކާތަކާއި ބައެއް ކަހަލަ ހުނަރު ދައްކާލުމަށް މާލެ ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355