twitterviber whatsapp telegramfacebookyoutube instagram
17th May 2025

މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވާ ސްޓޭޖް ޝޯ ފަސްކޮށްފި

Jul 26, 2015

މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައި އޮތް ސްޓޭޖް ޝޯ 31 ޖުލައިއަށް ފަސްކޮށްފި އެވެ.

ކުޅުދުއްފުށި އޮންލައިނަށް މައުލޫމާދު ދެއްވަމުން އަތޮޅު ކައުންސިލް މެމްބަރ އަބްދުލްލަތީފް ހަސަން ވިދާޅުވީ ޝޯ ފަސްކުރެވިފައިވަނީ މި ޝޯއަކީ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޝޯއެއް ކަމަށް ވާތީ ކަމަށެވެ.

މި ޝޯގައި ކުޅުދުއްފުށީގެ 4 ގްރޫޕެއް ހުށައަޅައި ދިނުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ދެ ބޮޑުބެރު ގުރޭޕެއްގެ ހުށައެޅުންތަކާއި މިޔުޒިކް ގުރޫޕަކާއި ކުޅުދުއްފުށީގެ އަންހެނުންގެ ގުރޫޕެއްގެ ހުށައެޅުންތަށް ފެނިގެން ދާނެ އެވެ.

މި ޝޯ އަކީ ހދ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޝޯ އެކެވެ.

މީގެ އިތުރުން މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގެ ހުރިހާ ސަރުކާރު މުއައްސަސާތަކެއްވަނީ ގައުމީ ކުލަތަކުން ދިއްލާލާފަ އެވެ. ރަށުގެ ބޮޑެތި މަގުތަކުގަވަނީ ގައިމީ ދިދަ ހަރުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355