twitterviber whatsapp telegramfacebookyoutube instagram
11th April 2026

ރުކެއް ދަށުވެގެން ނޭކުރަންދޫން ގެނައި އަންހެންމީހާގެ ހާލު ރަގަނޅު

Jul 26, 2015

ހދ ނޭކުރަންދޫގައި ރުކެއްދަށުވެގެން އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނައި އަންހެން މީހާގެ ހާލު ރަގަނޅު ކަމަށް ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ރީޖަނަލް ހޮސްޕިޓަލްގެ އިންޕޮމޭޝަން އޮފިސަރ ހަސަން ހުސެއިން ވިދާޅުވީ ރުކެއްދަށުވެ އަނިޔާވެގެން މިއަދު 29 އަހަރުގެ އަންހެނަކު ގެނެވުނުކަމަށާއި ނަމަވެސް އެމީހާއަށް ސީރިއަސް އަނިޔާއެއް ވެފަނެތް ކަމަށެވެ. އަދި ފަރުވާ ދެމުންދަނީ ވޯރޑްގަ ކަމަށާއި ހާލު ރަގަނޅު ކަމަށްވެސް ހަސަން ވިދާޅުވި އެވެ.

މި އަންހެން މީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނެވިފައިވަނީ މިއަދު މެންދުރު ހާއިރު އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައިލޫމާތު ލުބުނު ގޮތުގައި މި އަންހެން މީހާ އަނިޔާވެފައިވަނީ މިނިވަން 50 އަށް ކަޅުއޮއްފުއްމި ބަންނަށް ހދ. ނޭކުރަންދޫގައި ރުއްކަނޑަމުން ދަނިކޮށް ބަޔަކު ރުއްކެނޑި ވަގުތު ރުކެއްގެ ދަށުވެގެންކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355