twitterviber whatsapp telegramfacebookyoutube instagram
1st June 2026

ފުނަ ޝޯގައި ޖުމްލަ 19 އައިޓަމް ދައްކާލެވޭނެ

Jul 30, 2015

އަންނަ އޯގަސްޓް މަހު ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުނަ ޝޯގައި ޖުމްލަ 19 އައިޓަމެއް ހުށައަޅާ ދެވޭނެ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރު އިބްރާހިމް އައްބާސް ވިދާޅުވީ ކުޅުދުއްފުށީން 14 އައިޓަމަކާއި އަތޮޅުގެ އެހެން ރަށްރަށުންގެ 5 އައިޓަމާކާއެކު ޖުމްލަ 19 އައިޓަމް ފެނިގެންދާނެ ކަމަށެވެ.

އޯގަސްޓް 7 ވަނަ ދުވަހު ހަވީރު 4:30 ގައި ޒޯން ސްޓޭޑިއަމްގައި ބޮޑުބެރުގެ ހަރާކާތާއެކު ފެށުމަށް ހަމަޖެހިފައިވާ މިހަރަކާތުގައި އަތްތެރި ކަމުގެ މަސައްކަތްތައް ދައްކާލުމަށް ސްޓޯލްތައް ބެހެއްޓިފައި ހުންނާނެ ކަމަށާއި އެރޭވެސް 8:45 ފެށިގެން 10:30 ހަމައަށް ހަރަކާތްތައް ކުރިއަށް ދާނެކަމަށް އައްބާސް ވިދާޅުވި އެވެ.

ކުޅުދުއްފުށިން ހުށައަޅާފައިވާ އައިޓަމްތަކުގެ ތެރޭގައި ދަފިނެގުން، ކުރުފަލި، ކޯޑި ނެގުން، ބަންދު ދުއްވުން، ވަންޖެހުން،ރޯނުވެށުން، ތިލޭރުކަން އަދި ހާލުފޮޅި ފިހުން ފެނިގެންދާނެ އެވެ.

ހދ އަތޮޅުން މި މުބާރާތުގައި ކުޅުދުއްފުށީގެ އިތުރުން ނޭކުރަންދޫ، ކުމުންދޫ، ހަނިމާދޫ، ކުރިނބީ އަދި މަކުނުދޫއިން ވެސް ކުޅިވަރުތަށް ހުށައަޅާދިނުމަށް ހަމަޖެހިފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355