twitterviber whatsapp telegramfacebookyoutube instagram
1st June 2026

ބިދޭސީންތަކަކަށް ޑެންގީ ޖެހިގެން ކުޅުދުއްފުށީ ހޮސްޕިޓަލްގައި ފަރުވާދެނީ

Jul 31, 2015

އައިލެންޑް ހައިޑަވޭ ރިސޯޓް (ދޮންނަކުޅި) ގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީންތަކަކަށް ޑެންގީ ހުން ޖެހިގެން ކުޅުދުއްފުށީ ހޮސްޕިޓަލްގައި ފަރުވާން ދޭން ފަށައިފި އެވެ.

“ކުޅުދުއްފުށި އޮންލައިނަށް” އެގިފައިވާ ގޮތުގައި އެ ރިސޯޓްގައި މަސައްކަތްކުރާ 10 ވަރަކަށް ބިދޭސީ މުވައްޒަފުންނަށް ޑެންގީ ހުން ޖެހިގެން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނެވިފަވެ އެވެ.

އަދި އޭގެ ތެރެއިން ބައެއް މުވައްޒަފުން އިތުރު ފަރުވާއަށް ވަނީ މާލޭ ފޮނުވާލާފަ އެވެ.

ހޮސްޕިޓަލުގެ އޮފިޝަލަކު މިނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ އައިލެންޑް ހައިޑަވޭގައި މަސައްކަތް ކުރާ 8 ވަރަކަށް ބިދޭސީ މުވައްޒަފަކަށް ޑެންގީ ޖެހިގެން އަންގާރަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.

އަދި އޭގެ ތެރެއިން ބައެއް މީހުން ރިސޯޓްގެ އެދުމަށް މާލެއަށް ފޮނުވާލާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ހޮސްޕިޓަލުގެ ރަސްމީ ބަހެއް އަދި ވަނީ ނުލިބިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355