twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުށް މަދު މުޖުތަމައުއެއް އުފެއްދުމަށް ޖަމްއިއްޔާތަކުގެ ރޯލް މުހިއްމު: ކޮމާންޑަރު ނަސްރުﷲ

Aug 2, 2015

ކުށް މަދު މުޖުތަމައުއެއް އުފެއްދުމުގައި ޖަމްއިއްޔާތަކުން އަދާކުރަން ޖެހޭ ރޯލަކީ މުހިއްމު ރޯލެއް ކަމަށް އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ނަސްރުﷲ ޖަލީލް ވިދާޅުވެއްޖެ އެވެ.

ކޮމާންޑަރު ނަސްރުﷲ މިހެން ވިދާޅުވީ “އިކްލެޓިކް ޔޫތް” ޖަމްއިއްޔާ އިފްތިތާހް ކުރެއްވުމަށް ރޭ ކުޅުދުއްފުށިގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

ޕޮލިސް ކޮމާންޑަރު ނަސްރުﷲ ވިދާޅުވީ މުޖުތަމައުތައް ތަހްޒީބްވެ ކުރިއަރާ ދަނީ އުފެއްދުންތެރި ޖަމްއިއްޔާތަކުގެ މަސައްކަތާ އެކު ކަމަށެވެ. އަދި ކުޅުދުއްފުށީގައި ހުރި ކުށްތައް މަދުކޮށް މުޖުތަމައު ހޭލުންތެރިކުރުމަށް ޖަމްއިއްޔާތަކުން މަސައްކަތްކުރުމަށް އޭނާ އެދިލެއްވި އެވެ.

ނަސްރުﷲ ވިދާޅުވީ ސަރުކާރުގެ މުވައްސަސާތަކާ ގުޅިގެން ޖަމްއިއްޔާތަކުން ރަށްރަށުގައި ހުރި މައްސަލަތައް ބަލައި އެކަންތައް ހައްލުކުރަން މަސައްކަތްކުރަންޖެހޭ ކަމަށާއި އަދި ރައްޔިތުން ހޭލުންތެރިކުރުމަށް ޓްރެއިނިންގ ތަކާއި ތަފާތު ވޯކްޝޮޕްތައް ބާއްވަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާއާއި ބުލީކުރުން އަދިވެސް މުޖުތަމައުގައި ހުރި ބަލިމަޑުކަން ނައްތާލުމަކީ މުޖުތައުތަކުގެ ވެސް ޒިންމާއެއްކަން ބަލައިގަންނަށް ޖެހޭ ކަމަށެވެ. އިޖްތިމާއީ ގޮތުންނާއި އިގްތިސާދީގޮތުން ރަށް ތަރައްގީކުރުމަކީ ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމަށާއި ޖަމްއިއްޔާތުން އެފަދަ ކަންތައްތައް ހައްލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް ކޮމާންޑަރު ނަސްރުﷲ އެދިލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355