ހދ.ކުޅުދުއްފުށްޓަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓައި ގާއިމްކުރަން ހަމަޖެހިފައިވާ ފެން ހިންދާ ނިޒާމްގެ އަމަލީ މަސައްކަތް އާދީއްތަ ދުވަހު ފަށައިފި އެވެ.
މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕެމެން ކޯޕަރޭޝަން އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއުއަކީ ޕައިލެޓް ޕްރޮޖެކްޓެވެ.
މި ޕްރޮޖެކްޓްގެ ދަށުން ކުރި ހަމަޖެހިފައިވީ ކުޅުދުއްފުށިގެ ހަތަރު ސަރަހައްދެއްގެ ބިމު އަޑީގައި ޓޭންކް ބެހެއްޓުމަށެވެ. ނަމަވެސް މިހާރު ހަމަޖެހިފައިވަނީ ހަމައެކަނި ޒިގްޒެގް ދަނޑުގެ އަޑީގައި ޓޭންކް ބަހައްޓައިގެން އެއަށް ފެން ހިންދޭނެ ގޮތްތަށެވެ.
“ކުޅުދުއްފުށީ އޮންލައިނަށް” މައުލޫމާތު ދެއްވަމުން ކައުންސިލް މެމްބަރު އިބްރާހިމް އައްބާސް ވިދާޅުވީ ކުރިން ބިމުއަޑީގައި ޓޭންކުތައް ބަހައްޓަން ހަމަޖެއްސި ތަންތަނުން އެކި ސަބަބުތަކަށްޓަކާ އެތަންތަނުގައި ނުބަހައްޓާ ގޮތަށް ހަމަޖެއްސީ ކަމަށެވެ.
ކުރިން ޓޭންކުތައް ބަހައްޓާ ގޮތަށް ހުރީ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި އާއި ޖަމާއަތު މިސްކިތްގެ ގޯތިތެރޭއާއި ކުޅުދުއްފުށީ ބޭންކް ބުރާންޗްގެ ގޯތި ތެރެއާއި ކުޅުދުއްފުށީ ދިރާގު ގޯތި ތެރޭގައި ކަމަށެވެ.
ޒިގްޒެގް ދަނޑު ކޮންނަނީ–
އެންވަރމެންޓް މިނިސްޓްރީއާ ހަވާލާދީ އިބުރާހިމް އައްބާސް ވިދާޅުވީ ޒިގްޒެގް ދަނޑުގެ ބިމުގެ އަޑީގައި ބަހައްޓާ ޓޭންކުން މުޅި ރަށަށް ވެހޭ ފެން ޖަމާކުރެވޭނެ ކަމަށެވެ.
“ޒިގްޒެގް ދަނޑުގެ ކުޅޭ ސަހަރައްދު އެއްކޮން ޓޭންކް ބަހައްޓާނެ. އެބޭފުޅުން ބުނާގޮތުންނަމަ 4 ދުވަސް ވަންދެން މެދުކެނޑުމެއް ނެތި ވާރޭ ވެހުނަސް އެފެން ޖަމާކުރެވޭނެ އެޓޭންކްގައި” ކައުންސިލަރު އިބުރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓޭންކްތައް ހެދުމަށް ބޭނުންކުރާ ހުރިހާ ސާމާނެއް މިހާރު ކުޅުދުއްފުއްޓަށް ގެނެސްފައިވާ ކަމަށާއި މިމަހު 6 ވަނަ ދުވަހު މިކަމަށް ބޭނުންވާ އިންޖިނިއަރުން ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.އަދި މަސައްކަތް ނިމޭއިރު ކުރިން ދަނޑު އޮތްގޮތަށް އެފަރާތުން ހަދާނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
އެމްއާރުޑިސީގެ އޮފިޝަލަކު މިނޫހަށް ވިދާޅުވީ ޒިގްޒެގް ދަނޑުގައި ބަހައްޓާ ޓޭންކުގައި 40 ޓަނުގެ ފެން އެއްފަހަރާ އެތަނުގައި ރައްކާތްކުރެވޭނެ ކަމަށާއި އެޓޭންކުގެ އުސް މިނުގައި ހުންނާނީ 3 ވަރަކަށް ފޫޓް ކަމަށެވެ.
1 މަސް ދުވަހުން ނިންމުމަށް ހަމަޖެހިފައިވާ 14 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓަކީ ގްލޯބަލް އެންވައިރަމެންޓަލް ފެސެލިޓީ(ޖެފް)ގެ ހިލޭއެހީއެއްގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވ