twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފެން ހިންދާ ނިޒާމުގެ ދަށުން ކުޅުދުއްފުށީގައި ގާއިމްކުރަނީ 2584 ކޮޑި މީޓަރުގެ ޓޭންކެއް: މިނިސްޓްރީ

Aug 5, 2015

ގްލޯބަލް އެންވައިރަމެންޓަލް ފެސެލިޓީ(ޖެފް)ގެ ހިލޭއެހީއެއްގެ ދަށުން ކުޅުދުއްފުށީގައި ގާއިމްކުރާ ފެން ހިންދާ ނިޒާމްގެ މައިގަނޑު މަސައްކަތް 4 ހަފްތާތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ބުނެފި އެވެ.

މިނިސްޓްރީން ބުނީ މަސައްކަތުގެ މައިގަނޑު ފިޔަވަހި ކޮނުމާއި ޓޭންކު ރޭވުން ނިންމުމަށް ކަނޑައެޅިފައިވަނީ 4 ހަފްތާގެ މުއްދަތެއްކަމަށެވެ.

ކުޅުދުއްފުއްޓަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކާ ގާއިމްކުރާ ފެން ހިންދާ ނިޒާމްގެ އަމަލީ މަސައްކަތް އާދީއްތަ ދުވަހު ފަށާފައިވާއިރު އެ ޓޭންކްގައި 40 ޓަނުގެ ފެން އެއްފަހަރާ އެޓޭންކަށް އެޅޭނެ އެވެ.

ކުޅުދުއްފުށީގެ ކުރީގެ ރަސްމީ ފުޓުބޯޅަ ދަނޑު (ޒިގްޒެގް ދަނޑު) ގައި ބަހައްޓަން ހަމަޖެހިފައިވާ ޓޭންކަކީ (68 މީޓަރ 95 މީޓަރ ފެތޭ 2584 ކޮޑި މީޓަރު ގެ ޓޭންކެއްކަމަށް މިނިސްޓްރީ ބުނެ އެވެ. އެއީ އެދަނޑުގެ ކުޅޭ ސަރަހައްދު އެއްކޮށެވެ.

ކުރިން ކުޅުދުއްފުށީގެ ހަތަރު ސަރަހައްދެއްގައި ފެން ހިންދާ ޓޭންކް ބެހެއްޓުމަށް ހަމަޖެހިފައިވީ ނަމަވެސް މިހާރު ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެންމެ ޓޭންކެކެވެ.

މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕެމެން ކޯޕަރޭޝަން އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއުއަކީ ޕައިލެޓް ޕްރޮޖެކްޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355