twitterviber whatsapp telegramfacebookyoutube instagram
12th July 2025

ހދ އަތޮޅު ކައުންސިލުގެ ޖަލްސާ ހޫނުވެ، ކޯރަމް ގެއްލިގެން މެދުކަނޑާލައިފި

Aug 5, 2015

ހދ. އަތޮޅު ކައުންސިލް މިއަދު ބޭއްވި އާއްމު ބައްދަލުވުން ހޫނުވެ، ކޯރަމް ގެއްލިގެން މެދުކަނޑާލައިފި އެވެ.

މިކަން ހާމަކުރައްވައި އަތޮޅު ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރ މުހައިމިނު ވަނީ ފޭސްބުކް ސްޓޭޓަސްގައި ވިދާޅުވެފައިވަނީ އެކައުންސިލުގެ ރައީސް އާދަމް ނަސީރުގެ ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވުމުން އެކަމާ ހިތްހަމަ ނުޖެހިގެން ބައެއް މެމްބަރުން ޖަލްސާ ދޫކުރައްވާ ވަޑައިގެންނެވި ކަމަށެވެ.

މިއަދުގެ ޖަލްސާ ފެށުމާ އެކު ބައެއް މެމްބަރު ނިޒާމީ ނުގުތާ ނަގައި ކައުންސިލުގެ ރައީސްކޮށްފައިވާ “ހިޔާނާތުގެ މައްސަލަތަކަކާ” ބެހޭ ގޮތުން ސުވާލުކުރިމަތި ކުރެއްވި ކަމަށެވެ. އަދި އެވަގުތު އެކަމާ ބެހޭ ސީދާ ޖަވާބު ރައީސަށް ނުދެއްވުމުން 3 މެމްބަރަކު ޖަލްސާ ދޫކުރައްވާ ނިކުމެވަޑައިގެންނެވީ ކަމަށް އިތުބާރު ހުރިގޮތަކަށް އެގިފަވެ އެވެ.

މުހައިމިނުގެ ސްޓޭޓަސް–

“ކުޅުދުއްފުށި އޮންލައިނަށް” އެގިފައިވާ ގޮތުގައި ޖަލްސާ ދޫކުރައްވާ ނިކުމެވަޑައިގެންނެވީ އެމްޑިޕީ ކައުންސިލަރު ހަސަން ހުސެނާއި އަދާލަތު ޕާޓިގެ ކައުންސިލަރު އަބުދުލް މުހައިމިނާއި ޕީޕީއެމް ކައުންސިލަރު އުއްމު ކޫލްސޫމާ އިބުރާހީމެވެ.

10 މެމްބަރު ތިއްބަވާ ކައުންސިލްގެ މިއަދުގެ ޖަލްސާއަކަށް ހާޒިރުވީ 8 މެމްބަރެކެވެ. ނޮޅިވަރަމް ދާއިރާގެ ކައުންސިލަރު އަހުމަދު އިބުރާހިމް އާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކައުންސިލަރެއް ކަމަށްވާ އަބުދުލް ލަތީފް ހަސަން މިއަދުގެ ޖަލްސާއަށް ވަޑައިއެއް ނުގަންނަވަ އެވެ.

ދާދި ފަހުން އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނަސީރު ވަނީ ޕީޕީއެމްއަށް ސޮއިކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355