twitterviber whatsapp telegramfacebookyoutube instagram
12th April 2026

ޖަލްސާއިން ނިކުތީ ހިތްހަމަ ނުޖެހިގެންނެއް ނޫން، މުުހިއްމު ކޯލެއް އައިސްގެން: އުއްމު

Aug 5, 2015

ހދ އަތޮޅު ކައުންސިލުން މިއަދު ބޭއްވި ޖަލްސާއިން ނިކުތީ ހިތްހަމަ ނުޖެހިގެން ނޫން ކަމަށާއި މުހިއްމު ފޯނުކޯލެއް އައިސްގެން ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް ކައުންސިލަރު އުއްމުކޫލްސޫމާ އިބުރާހިމް ވިދާޅުވެއްޖެ އެވެ.

“ކުޅުދުއްފުށި އޮންލައިނަށް” އުއްމު ވިދާޅުވީ އޭނާ ޖަލްސާއިން ނުކުތީ މުހިއްމު ފޯނު ކޯލެއް އައިސްގެން، ރައީސްގެ ހުއްދައާ އެކު ކަމަށެވެ.

“މުހިއްމު ކޯލެއް އައިސްގެން ފޯނަށް އެޓެންޑް ވާން ވެގެން ބޭރަށް ނިކުތީ ރައީސްގެ ހުއްދަ ލިބިގެން. އަޅުގަނޑު ނިކުތް އިރު 6 މެމްބަރު ތިބި ކޯރަމް ހަމަވޭ ” އުއްމު ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސްގެ ހިޔާނާތުގެ މައްސަލަތަކެއް އޮތްކަމަށް ބުނެ މިއަދު ޖަލްސާގައި ބައެއް ކައުންސިލަރުން ވަނީ ރައީސާ ސުވާލުކުރިމަތިކޮށް، ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355