twitterviber whatsapp telegramfacebookyoutube instagram
27th April 2024

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުން ޤައުމީ ގަދަ 10 ގައި ޖަލާލުއްދީން ސްކޫލުގެ 7 ދަރިވަރަކު

Aug 6, 2015

މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ރާއްޖޭގެ ގަދަ ދިހައެއްގައި ޖަލާލުއްދީން ސްކޫލުގެ 7 ދަރިވަރަކު ހިމެނިއްޖެ އެވެ.

ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުން

 

• ދެވަނަ، އަބުދުއް ރަޝީދު އިބުރާހިމް ރަސްފުށި، ކުޅުދުއްފުށީ

• ދެވަނަ، އުމަރު ސާލިމް މުހައްމަދު ޖަމްނާގެ، ކުޅުދުއްފުށީ

• ހަތަރު ވަނަ، މުހައްމަދު އަބުދުލް ރަހްމާން ސިމާގް، ކުޅުދުއްފުށީ

• ފަސްވަނަ، އައިމިނަތު ނަފްހާ އަމަން، ހިރިމަރަދޫ

• ފަސްވަނަ، އަޒުމާ މުހައްމަދު ސްޓާލިން، ކުޅުދުއްފުށީ

• ހަ ވަނަ، ހަތުމާ ޙާލިދު ހަފޮޅުގެ، ކުޅުދުއްފުށީ

• ނުވަ ވަނަ، އައިޝަތު އަބުދުލް ވާހިދު ސޯމާ، ކުޅުދުއްފުށީ

ވޭތުވެދިޔަ އަހަރު ގަދަ ދިހައަކުން ރާއްޖޭގެ 475 ދަރިވަރަކު ޖާގަ ވަނީ ހޯދާފަ އެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި އެކި މާއްދާތަކުން 100 ޕަސެންޓް މާކްސް ހޯދައިގެން ދުނިޔޭގެ ގަދަ ދިހައެއްގެ އެއް ވަނަ ދިވެހި ފަސް ދަރިވަރުން ހޯދިއިރު ރާއްޖޭގެ އެއްވަނަ 45 ދަރިވަރަކު ވަނީ ހޯދައިފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ މި ރަން ވަނަތައް ހޯދި ދަރިވަރުންނާ މެދު މުޅި ގައުމު ވެސް ފަހުރުވެރިވާ ކަމަށާއި އެ ފަދަ ދަރިވަރުންތަކަކަށް ގައުމު ނުހަނު ބޭނުންވެފައިވާ ކަމަށެވެ.

އެކި ކުދިން މޮޅުވާނީ އެކި ކަންކަމަށް ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެންމެ މޮޅު ނޫން ކުއްޖާ އަށް ވެސް ތައުލީމީ ނިޒާމުގެ ތެރެ އިން ޖާގަ ދިނުން ކަމަށެވެ. އެގޮތުން އެ ފަދަ ކުދިންނަށް މަސައްކަތްތެރިކަމާއި ހުނަރު ދަސްކޮށްދިނުމަށް ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށް އައިޝަތު ޝިހާމް ވިދާޅުވި އެވެ.

2013 ވަނަ އަހަރު ރާއްޖޭގެ ގަދަ ދިހައެއްގައި ވެސް ހިމެނުނީ ކުޅުދުއްފުށީގެ ސްކޫލުތަކުން 7 ދަރިވަރެކެވެ. އެއީ ޖަލާލުއްދީން ސްކޫލުން 6 ދަރިވަރަކާއި އަފީފުއްދީން ސްކޫލުގެ ދަރިވަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355