twitterviber whatsapp telegramfacebookyoutube instagram
12th April 2026

2014 ވަނަ ޤައުމީ ގަދަ 10 އަކުން އަފީފުއްދީން ސްކޫލުގެ 2 ދަރިވަރަކު ޖާގަ ހޯދައިފި

Aug 6, 2015

މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގައި އަފީފުއްދީން ސްކޫލްގެ 2 ދަރިވަރަކު ހިމެނިއްޖެ އެވެ.

އަފީފުއްދީން ސްކޫލުން ގަދަ ދިހައެއްގައި ހިމެނުނީ  7 ވަނަ ހޯދައިގެން ކުޅުދުއްފުށީ، ލާސްފެންޒިޔާ، ޔުމްނާ ހުސެއިނާއި 8 ވަނަ ހޯދައިގެން ކުޅުދުއްފުށީ، ވައިލާވޫލް، އިނާޔަތު މުހައްމަދެވެ.

އަފީފުއްދީން ސްކޫލުގެ އިތުރުން ޖަލާލުއްދީން ސްކޫލުގެ 7 ދަރިވަރަކު ވަނީ ޤައުމީ ގަދަ ދިހައަކުން ޖާގަ ހޯދާފަ އެވެ.

2013 ވަނަ އަހަރު ޤައުމީ ގަދަ ދިހައެއްގައި ހިމެނުނީ އެސްކޫލުގެ އެންމެ ދަރިވަރެކެވެ.

ވޭތުވެދިޔަ އަހަރު ގަދަ ދިހައަކުން ރާއްޖޭގެ 475 ދަރިވަރަކު ޖާގަ ވަނީ ހޯދާފަ އެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި އެކި މާއްދާތަކުން 100 ޕަސެންޓް މާކްސް ހޯދައިގެން ދުނިޔޭގެ ގަދަ ދިހައެއްގެ އެއް ވަނަ ދިވެހި ފަސް ދަރިވަރުން ހޯދިއިރު ރާއްޖޭގެ އެއްވަނަ 45 ދަރިވަރަކު ވަނީ ހޯދައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355