twitterviber whatsapp telegramfacebookyoutube instagram
8th November 2025

ހދ. އަތޮޅުގެ އިންފޮމޭޝަން އޮފިޝަލުން ތާޒާކުރުމަށް ބައްދަލުވުމެއް ބާއްވައިފި

Aug 6, 2015

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ގޮތުން ހދ.އަތޮޅުގެ އިންފޮމޭޝަން އޮފިސަރުންނަށް ބޭއްވި މަސައްކަތު ބައްދަލުވުން ނިންމާލައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން އިންތިޒާމްކޮށްގެން އިއްޔެ ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ހދ އަތޮޅުގެ ހުރި މުވައްސަސާތަކުން 23 އިންފޮމޭޝަން އޮފިޝަލުން ބައިވެރިވެ އެވެ.

ބައްދަލުވުން ނިންމުމުގެ ގޮތުން ރޭ ކުރީގެ ޤައުމީ އިދާރާގެ ހޯލްގައި ބޭއްވި ބައްދަލުވުން ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހދ އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނާސިރެވެ

މިބައްދަލުވުމުގައި މައުލޫމާތު ދ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މުވައްޒަފުންނެވެ. މިއީ ރާއްޖޭގެ އަތޮޅުތަކަށް ހާސަކޮށްގެން ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން 7 ވަނަ ބައްދަލުވުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355