twitterviber whatsapp telegramfacebookyoutube instagram
17th May 2025

އެސް.ޓީ.އޯގެ ފާމަސީއެއް ކުމުންދޫގައި ހުޅުވައިފި

Aug 8, 2015

ހދ.ކުމުންދޫގައި އެސް.ޓީ.އޯގެ ފާމަސީއެއް ހުޅުވައިފި އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހދ. ކުމުންދޫގައި ފާމަސީއެއް ހުޅުވާ ހިދުމަތް ދޭން ފަށައިފި އެވެ.

ބުދަ ދުވަހު ހުޅުވި މި ފާމަސީއާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިދުމަތް ދެމުންދާ އެ ކުންފުނީގެ ފާމަސީތަކުގެ އަދަދު 144 އަށް ވަނީ އަރާފަ އެވެ.

މި ބޭސްފިހާރައިގެ ޚިދުމަތާއެކު ހދ.އަތޮޅުގައި އެސް.ޓީ.އޯގެ 5 ބޭސް ފިހާރައިގެ ޚިދުމަތް މިހާރު ހދ.އަތޮޅުގައިދެއެވެ. އެއީ ކުމުންދޫގެ އިތުރުން ،ނޮޅިވަރަމް، ވައިކަރަދޫ، ކުޅުދުއްފުށި، ފިނޭ އަދި ހަނިމާދޫގައެވެ.

އެސްޓީއޯ އިން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތްދޭ ބޭސްފިހާރަ ޤާއިމްކުރެވިގެންދާނެ ކަމަށް އެކުންފުނިން ބުންނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355