twitterviber whatsapp telegramfacebookyoutube instagram
24th April 2024

ވައިކަރަދޫ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށްގެންދިޔަ ރެޑީ ކޭމްޕް ނިމިއްޖެ

Aug 8, 2015

ހދ. އަތޮޅު މަދަރުސާގެ ފުރާވަރު ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދިޔަ ރެޑީ ކޭމްޕް ނިންމާ ބައިވެރިންނަށް ސެޓްޕިކެޓް ހަވާލުކޮށްފި އެވެ.

3 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ކޭމްޕް ނިމުމަށް މިއަދު އެ ވައިކަރަދޫ ކުޅޭ ބިމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖެއިން ޓްރެވެންޑްރަމުއަށް ކަނޑައަޅާފައި ހުންނަވާ ކޮންލިއުލޭޓް އަލީ އާދަމެވެ.

ރެޑީ ކޭމްޕްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން–

މި ކޭމްޕްގައި ގުރޭޑް 7 ން 10 އާއި ދޭތެރޭ ޖުމްލަ 74 ދަރިވަރަކު ވަނީ ބައިވެރިވެ ސެޓްޕިކެޓް ހާސިލްކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރަފްވެރި މެހެމާން އަލީ އާދަމް ވިދާޅުވީ ރެޑީ ކެމްޕުތަކުގެ ސަބަބުން ދަރިވަރުންނަށް ތަފާތު ހުނަރުތަކާ އައު ކަންތައްތައް ތަޖުރިބާ ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މިފަދަ ޕްރޮގުރާމްތަކުން ދަރިވަރުންނަން އިހްތިރާމް ކުރަން ދަސްވެ، އެބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ކުރަން ދަސްވެގެން ދާނެ ކަމަށެވެ.

ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން އަލީ އާދަމް ވާހަަކަ ދައްކަވަނީ–

އޭނާ ވިދާޅުވީ ރާއްޖޭ ބޭރުގައި ( ޓްރެވެންޑްރަމް) ހުންނައިރު ދިވެހި އެތަނުގައި ބަހައްޓާ އަހްލާގާއި އެހެން މީހުންނަށް ކުރާ އިހްތިރާމާއި އަދަބުތަކުގެ ސަބަބުން ފަޙްރުވެރިވާ ކަމަށެވެ. އަދި ކުދިންނަށް ދަސްކޮށްދެވިފައިވާ ކަންތައްތަކުގެ ބޭނުން އޭގެ އެންމެ އެދެވޭ ގޮތެއްގައި ހިފުމަށް އެކުދިންނަށް ވަގުތު ދިނުމަށް އޭނާ އެދިލެއްވި އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެން ދިޔަ މި ކޭމްޕަކީ ޒުވާނުންނާއި ފުރާވަރު ކުދިން ހަރުދަނާ ބަޔަކަށް ހަދައި، ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތުކޮށް، ގައުމީ މަސައްކަތުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޒުވާނުންނާ ފުރާވަރުގެ ކުދިން ކުށުގެވެށިން ދުރުވެ ހަރުދަނާ ދަރިވަރެއްގެ ގޮތުގައި ދެމިހުރުމަށް މަގުދައްކައި ދިނުމަށް ކުރިއަށްގެންދިޔަ ކޭމްޕެކެވެ.

ރެޑީ ކޭމްޕްގެ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެނީ–

\ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭނެ ކަންތައްތަކުގެ މައުލޫމާތުދީ އެފަދަ ކަންކަން ދަސްކޮށްދިނުމުގެ އިތުރުން ކަންކަމުގައި އިސްނަގައި ހަރަކާތްތެރިވުމަށް ބާރުއަޅައިދޭ ހަރަކާތްތަކާއި، ގައުމީ ލޯބި އިތުރު ކުރުމާއި ގައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަތަކަށް އަހުލުވެރިކުރުވައި، ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމަށް މި ކޭމްޕްގައި ދަރިވަރުންނަށް ދަސްކޮށްދީފަވެ އެވެ.

ނޯތު ޑިވިޒަން ޕޮލިސް ކޮމާންޑަރ އިންޕެކްޓްރ ނަސްރުﷲ ޖަލީލް ކޭމްޕްގައި އެހީތެރިވި ފަރާތަކަށް ހަނދާނީ ލިޔުމެއް ހަވާލުކުރަނީ–

މިރަސްމިއްޔާތުގައި ފުލުހުންގެ ޑިވިޝަން ކޮމާންޑަރާއި ކައުންސިލު މެންބަރުން އަދި ފުލުހުން ބައިވެރިވެފައިވެ އެވެ

[yass cats=178]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355