އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ހދ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދާދި ދެންމެއަކު ކުޅުދުއްފުއްޓަށް ވަޑައިގެންފި އެވެ.
މިނިސްޓަރ ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އުތުރު ބަނދަރު އެކަމަނާއަށް މަރުހަބާ ވިދާޅުވީ ކުޅުދުއްފުށީގެ ސްކޫލުތަކުގެ ވެރިންނާ ކައުންސިލަރުންނެވެ.
މިދަތުރުފުޅުގައި މިނިސްޓަރ ވަނީ ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ ތިން ސްކޫލަށް ޒިޔާރާތްކުރަން ހަމަޖެހިފަ އެވެ.
މިދަތުފުޅަކީ މިއަތޮޅުގެ ސްކޫލްތަކުގެ ހާލަތު ދެނެގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރުގެ މިދަތުރުފުޅުގައި ތައުލީމީ ދާއިރާ ކުރިއެރުވުމާ ގުޅޭ ގޮތުންނާއި ސްކޫލުތަކުގައި ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަދައްކަވާނެ އެވެ. އަދި ބީޓެކާއި ދަސްވާރު ފަދަ ޕްރޮގުރާމުގައި ދަރިވަރުންނަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށް މިނިސްޓްރީ މައުލޫމާތު ދެއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޑރ. ޝިހާމް ސްކޫލުތަކުގެ ވެރިންނާ ބޯޑު މެމްބަރުން އަދި ޕީޓީއޭ ތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެޑިކޭޝަން މިނިސްޓަރ އަފީފުއްދީން ސްކޫލަށް ވަޑައިގަތުމުން އެސްކޫލުން އެކަމަނާއަށް މަރުހަބާ ވިދާޅުވަނީ–
މިނިސްޓަރުގެ މި ދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެންފައިވާ އިރު މިނިސްޓަރުގެ ދަތުރުފުޅު ނިންމާލުމަށް ފަހު މިއަދު މެންދުރުފަހު މާލެ ފުރާވަޑައިގަންނަވާނެ އެވެ.