twitterviber whatsapp telegramfacebookyoutube instagram
12th September 2025

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރެއްގެ ބޮލަށް ފަންކަލެއް ވެއްޓި އަނިޔާ ވެއްޖެ

Aug 9, 2015

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރެއްގެ ބޮލަށް ސީލިންގ ފަންކަލެއް ވެއްޓި އަނިޔާވެއްޖެ އެވެ.

ގުރޭޑް 5 ގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރެއްގެ ބޮލަށް ފަންކާ ވެއްޓިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. މިހާދިސާގައި އެކުއްޖާގެ ބޯ ވަނީ ދުޅަވެފަ އެވެ.

ދަރިވަރު ކުލާސް ރޫމްގައި އިންދާ ފަންކާ ކުއްޖާގެ ބޮލަށް ވެއްޓިފައިވަނީ ހަރުކޮށްފައި ހުރި ފަންކަލުގެ ބޯލްޓް ބިންދައިގެން ދިއުމުންގެ ސަބަބުން ނެވެ.

މިހާދިސާގައި އަނިޔާވެފައިވަނީ ކުޅުދުއްފުށީ ބެރެބެދިމާގެ އަންހެން ކުއްޖަކަށެވެ. މިކަމާ ގުޅިގެން ސްކޫލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތްނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355