ހއ. ހޯރަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި އެވެ.
އެންވާރުމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހަވާލުކުރީ އެމް.ޓީ.ސީ.ސީ އާ އެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި އުކުޅަހާއި މާއެނބޫދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް އިތުރު 2 ކުންފުންޏަކާ ހަވާލުކޮށްފައި ވެއެވެ. އެއީ ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައި ވާ ޖޮއިޏްޓް ވެންޗަރ ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.
ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ތޯރިޤް އިބްރާހިމްއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއެ ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާޤް ހަލީމެވެ.
19.1 މިލައަން ރުފިޔާ ހަރަދުކޮށްގެން ހއ. ހޯރަފުށީގެ ގޮނޑުދޮށް، ބޮޑުހިލަޖަހައިގެން ހިމާޔަތްކުރުމަށް އެމްޓީސީސީއާއި ހަވާލުކޮއްފައި ވަނީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށްކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
މީގެއިތުރުން 157 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައި އއ އުކުޅަހު އުކުޅަހު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް 8.9 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް މިނިސްޓްރީން ލަފާކުރެއެވެ.
އަދި ދ. މާއެނބޫދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ދެސަރަހައްދެއްގައި ބޮޑުހިލަޖެހުމާއި އެއް ސަރަހައްދެއްގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ސަތޭކަ ފަންސާސް ނުވަ ދުވަހުން ނިންމުމަށެވެ. މި މަސައްކަތަށް 19.6 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް މިނިސްޓްރީން އަންދާޒާ ކުރެއެވެ.