twitterviber whatsapp telegramfacebookyoutube instagram
17th May 2025

ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 160 ރޯހައުސްއަށް ކުރިމަތިލި ފަރާތްތަކުގެ ދާއިމީ ލިސްޓް އާއްމުކޮށްފި

Aug 10, 2015

ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 160 ރޯހައުސަށް އެދުނު ފަރާތްތަކަށް ފޮއިންޓް ލިބުނުގޮތުގެ ދާއިމީ ލިސްޓް މިއަދު އާއްމުކޮށްފި އެވެ.

ސަރުކާރުން ހިންގަވައި ގެދޮރުވެރިކަމުގެ ޕްރޮގުރާމްގެ ތެރެއިން ކުޅުދުއްފުށީ ރައްޔިތުންނަށް ހާއްސަ ކޮށްފައިވަނީ މިތަނުން 100 ރޯހައުސް އެވެ. ކުޅުދުއްފުށީ ރައްޔިތުންގެ ތެރެއިން ދާއިމީ ލިސްޓްގައި 406 ފަރާތެއް ހިމެނެ އެވެ.

ބާކީ 60 ރޯހައުސް ހާއްސަ ކުރެވިފައިވަނީ ކުޅުދުއްފުއްޓަށް ހިޖްރަކުރަން ބޭނުންވާ އެހެން ރަށްރަށުގެ ރައްޔިތުންނަށެވެ. ރަށުން ބޭރު (ކުޅުދުއްފުށީ ނޫން) މީހުންނަށް ހާއްސަ ކުރެވިފައިވާ ރޯހައުސްގެ ދާއިމީ ލިސްޓްގައި 157 ފަރާތެއް ހިމެނެ އެވެ.

މި 60 ރޯހައުސްއަށް ކުރިމަތިލީ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރެއިން ތިމާގެ ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ބޯހިޔާވަހިކަމެއް ދޫކޮށްލަން އެއްބަސްވުން އަދި ތިމާގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ބަންޑަރަ ގޯއްޗެއް ލިބިފައިވާނަމަ އެގޯއްޗެއް ދޫކޮށްލުމަށް އެއްބަސްވުން އަދި ގޯތިގެދޮރު ލިބިފައިވާ ފަރާތްތަކުން އެފަރާތްތަކަށް ލިބިފައިވާ ގޯތި ދޫކޮށްލުމަށް އެއްބަސްވުން ހިމެނެ އެވެ.

ރޯހައުސްތައް ލިބޭ ފަރާތްތަކުގެ ތެރެއިން ގުރުއަތަށް ހޮވޭ ފަރާތްތަކުގެ ކަންކަން ހަމަޖެހޭ ގޮތް ފަހުން އިއުލާން ކުރެވޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.

ދާއިމީ ލިސްޓް ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ބޭރުގައި ވަނީ ހަރުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355