twitterviber whatsapp telegramfacebookyoutube instagram
12th April 2026

ބޮލަށް ފަންކާ ވެއްޓި އަނިޔާވި ދަރިވަރުގެ ހާލު މިނިސްޓްރީން ގާތުން ބެލި

Aug 10, 2015

ސީލިންގ ފަންކަލެއް ވެއްޓި އަނިޔާވި ދަރިވަރުގެ ހާލު އެޑިއުކޭޝަން މިނިސްޓްރީން ގާތުން ބެއްލެވިކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އިއްޔެ މެންދުރުގެ ވަގުތެއް ކުލާހުގައި އިންދާ ފަންކާ ވެއްޓި އަނިޔާވީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް ފަހެއްގައި ކިޔަވަމުންދާ އަންހެން ދަރިވަރަކަށެވެ.

ސީލިންގ ފަންކާ ވެއްޓިފައިވާ ފަންކަލުގެ ބޯލްޓް ބިންދައިގެން ގޮހެވެ.

މިނިސްޓްރީ ވިދާޅުވީ ދަރިވަރުގެ ބޮލަށް ފަންކާ ވެއްޓި އަނިޔާވި ދަރިވަރުގެ ހާލު ބެލިކަމަށާއި އެފަދަ ކަމެއް ސްކޫލުގެ ތެރޭގައި ހިންގީ ހިތާމަ ކުރާ ކަމަށެވެ.

އެކުއްޖާ ބެލި ޑޮކްޓަރުންނާ ހަވާލާ ދެއްވާ ކުޅުދުއްފުށީ ހޮސްޕިޓަލު ވިދާޅުވީ ސީރިއަސް އަނިޔާތަކެއް އެކުއްޖާއަށް ލިބިފައިނުވާކަމަށެވެ.

” އަނިޔާވެފައިވަނީ އެކުއްޖާގެ ކަންކަށި މައްޗަށް ކަހަލަ ގޮތަކަށް، ޖެހުނުތައް ހުރީ ދުޅަވެފަ ” ހޮސްޕިޓަލުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ ފަރުވާ ދިނުމަށް ފަހު އެކުއްޖާ އެވަގުތު ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.

އެކުއްޖާ ބޮލަށް ފަންކާ ވެއްޓުނު ވަގުތަކީ އެޑިކޭޝަން މިނިސްޓަރ އެސްކޫލަށް ވަޑައިގެން އުޅުވި ވަގުތެކެވ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355