twitterviber whatsapp telegramfacebookyoutube instagram
12th April 2026

އެމްޑަބްލިއުއެސްސީން ކުޅުދުއްފުށީގައި “ސޭފް ވޯޓާރ” ކެމްޕެއިނެއް ފަށައިފި

Aug 11, 2015

އެމްޑަބްލިއުއެސްސީން ކުޅުދުއްފުށީގައި “ސޭފް ވޯޓަރ” ކެމްޕެއިނެއް މިއަދު ފަށައިފި އެވެ.

މި އޯގަސްޓް މަހު 11 އިން 15 އަށް ކުރިއަށް ގެންދާ މި ކެންޕައިން ގައި ސާފު ފެނާއި ބެހޭގޮތުން މައުލޫމާތު ދީ ހެލުންތެރިކަން އިތުރު ކުރުމުގެ ގޮތުން މައުލޫމާތު ފޯރުކޮށްދެވިގެން ދާނެ ކަމަށް އެމްޑަބްލިއުއެސްސީ މައުލޫމާތު ދެއެވެ.

އެގޮތުން މި ކެމްފެއިންގައި ސްކޫލްތަކުގެ ދަރުވަރުންނަށާއި ބެލެނިވެރިންނަށް ސާފު ފެން ބޭނުން ކުރުމުން ލިބޭފައިދާ އާއި ނުސާފު ފެން ބޭނުން ކުރުމުން ކުރާ ނޭދެވޭ އަސަރާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި ރައްޔިތުންނަށް ސާފުފެން ފޯރުކޮށްދިނުމަށް ޓަކައި އެމްޑަބްލިއުއެސްސީން ކުރަމުންދާ މަސައްކަތްތައް ވެސް މި ސެޝަންތަކުގެ މައުލޫމާތު ދެވިގެން ދާނެ އެވެ.

އޭގެ އިތުރުން މި ކެންޕެއިނާއި ދިމާކޮށް އެމްޑަބްލިއުއެސްސީ ވަނީ ސްކޫލް ދަރުވަރުންނަށް ޕޯސްޓަރ ކުރެހުމުގެ މުބާރާތެއް ހުޅުވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355