twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށީ ހިއްކި ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި

Aug 11, 2015

ކުޅުދުއްފުށީގެ ހިއްކި ސަރަހައްދުގެ ގޮނޑުދޮށް ހިމާޔާތް ކުރުމަށް ކެޕިޓަލް އިންވެސްޓްމެންޓް އެންޑް ފިނޭންސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލު ކޮށްފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތްތަކުގެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރްމެންޓް މިނިސްޓަރު ތާރިޤު އިބުރާހީމެވެ. ކެޕިޓަލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ސިވަރާޖަ މަނިވަންނަން އެވެ.

ކުޅުދުއްފުށްޓާއި ބިލެއްފައްސާއި ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އެއްބަސްވުންތަކުގައި އެންވަޔަރްމެންޓް މިނިސްޓަރު ތާރިޤު އިބުރާހީމާއި ކެޕިޓަލްއިންވެސްޓްމެންޓް ޕްރައިވެޓްލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު ސިވަރާޖަ ސޮއިކުރައްވުމަށް ފަހު ސަލާމްކުރައްވަނީ

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީގައި ޖަހާނީ 710 މީޓަރުގެ ބޮޑުހިލައިގެ ކަނޑުތޮށްޓެކެވެ. 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމަސައްކަތް ހަވާލުކުރީ 19.2 މިލިޔަން ރުފިޔާގެ އަގަކަށެވެ.

ކުޅުދުއްފުށިގެ އިތުރުން އެހެން ދެރަށެއްގެ ގޮނޑުދޮށް ހިމާޔާތް ކުރުމަށް ވެސް ވަނީ ހަވާލުކޮށްފަ އެވެ. އެއީ ށ. ބިލެއްފަސާއި ބ. ތުޅާދޫ އެވެ.

ށ. ބިލެއްފަހީގައި 510 މީޓަރުގެ ދިގުމިނުގައި ބޮޑުހިލައިގެ ކަނޑުތޮށްޓެއް ޖެހުމުގެ މަސައްކަތް ހަވާލުކުރީ 16.4 މިލިޔަން ރުފިޔާގެ އަގަކަށެވެ. އެއީ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި ބ. ތުޅާދޫގައި 355 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް 9.6 މިލިޔަން ރުފިޔާގެ އަގަކަށް ހަވާލުކުރީ 200 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355