twitterviber whatsapp telegramfacebookyoutube instagram
12th September 2025

ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ހެލްތް ޕްރޮގުރާމްގައި 270 ފަރާތެއް ސްކްރީންކޮށް، ފަރުވާދީފި

Aug 11, 2015

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އާއި އެޖްޑް ކެއަރ މޯލްޑިވްސް އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން އޮގަސްޓް މަހުގެ 9 އަދި 10 ވަނަ ދުވަހު ކުރިއަށްގެންދިޔަ ހެލްތް ސްކްރީނިން ޕްރޮގްރާމްގައި 270 ފަރާތެއް ސްކްރީންކޮށް ފަރުވާދީފި އެވެ.

ކުޅުދުއްފުށީ ޕަބުލިކް ހެލްތުން ބުނީ މިސްކްރީނިން ޕްރޮގްރާމްގައި އުމުރުންދުވަސްވީ މީހުންގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ބައިވެރިވެފައިވާކަމަށެވެ.

މިޕްރޮގްރާމްގައި އިސްކޮޅާއި އަޅާ ބަލާއިރު ބަރުދަން ހުންނަންވީ މިންގަނޑު އަންގައިދިނުމާއި، ލޭގް ޕްރެޝަރ ބަލާ ދިނުމުގެ އިތުރުން ލޭގައި ހަކުރު ހުރި މިންވަރުބަލާ ދީފައިވާ ކަމަށް ޕަބުލިކް ހެލްތުން މައުލޫމާތު ދެ އެވެ.

ޕަބުލިކް ހެލްތުން ބުނީ ކުޑަކަމުދާ ނިޒާމުގެ މައްސަލަތައް ކުރިމަތިވެފައިވާ މީހުން އެކަމުގެ ޙާއްސަ ޑޮކްޓަރ އަހްމަދު އަޝްރަފް ބައްލަވާ ހޮސްޕިޓަލުން ޓެސްޓްތައް ހަދާ ފަރުވާ ދެވިފައިކަމަށެވެ. އެގޮތުން ކުޑަކަމުދާ ނިޒާމްގެ މައްސަލަތަކުގައި 50 ފަރާތަކަށް ފަރުވާ ދެވިފައިވާ ކަމަށް އެތަނުން ބުނެ އެވެ.

މި ސްކޭނިންގ ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވަނީ އުފަން ހިޔާ ސެންޓަރުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355